ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2018/08
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި: 01 މާރިޗު 2018 14:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ އާއްމު ޖަލްސާ 2018

މި އެސޯސިއޭޝަންގެ 2018 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 25 މާރިޗު 2018 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. މި ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު މި އެސޯސިއޭޝަންގެ އެންމެހާ މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

16 ޖަނަވަރީ 2018 ވަނަ ދުވަހު ބޭއްވުނު މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީ ގެ ޖަލްސާގައި 31 ޑިސެމްބަރު 2017 އާއި ހަމައަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ 01 މާރިޗު 2018 ވަނަ ދުވަހުގެ ނިޔަލަށް، 2018 ވަނަ އަހަރަށް ފީ ދައްކާފައިވާ އަމިއްލަ މެމްބަރުންނަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ.

ކްލަބް ޖަމިއްޔާ ތަކުގެ ތެރެއިން، މިއެސޯސިއޭޝަންގެ ފާއިތުވި އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ މެމްބަރ ކްލަބް ޖަމިއްޔާ ތަކުން 01 މާރިޗު 2018 ވަނަ ދުވަހުގެ ނިޔަލަށް، 2018 ވަނަ އަހަރަށް ފީ ދައްކާފައިވާ މެމްބަރ ކްލަބް ޖަމިއްޔާ ތަކަށް މިޖަލްސާގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްޤު ލިބިފައިވާކަން ވެސް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ފާއިތުވި އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުން ފާއިތުވި އަހަރުގެ އަހަރީ ރިޕޯރޓްތައް މި އެސޯސިއޭޝަނަށް ފޮނުވުމުގެ އެންމެ ފަހު ތާރީޚަކީ 01 މާރިޗު 2018 ވާ ބުރާސްފަތި ދުވަސް ކަމުގައި ކަނޑައަޅާފައިވާ ވާހަކަ ވެސް ދަންނަވަމެވެ. އަދި 01 މާރިޗު 2018 ވަނަ ދުވަހާއި ހަމައަށް ފާއިތުވި އަހަރުގެ ރިޕޯރޓްތައް މިއެސޯސިއޭޝަނަށް ފޮނުއްވާފައިނުވާ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކަށް މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދަނަންވަމެވެ.

އެންމެހާ މެމްބަރުންގެ ފަރާތުން އަހަރީ ޢާއްމު ޖަލްސާއަށް އެއްވެސް ކަމެއް ހުށައަޅަން ބޭނުންފުޅުވެލައްވާނަމަ 08 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން މި އެސޯސިއޭޝަނަށް ހުށައެޅުމަށް ދަންނަވަމެވެ.

ކްލަބް އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. އެންމެހާ މެމްބަރުން، މެމްބަރޝިޕް ކާޑް އަދި އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

25 ޖަނަވަރީ 2018