ދިވެހިރާއްޖެ
އުތުރު ފަރާތު ޕާކުތެރޭގައިހުރި ރައްޔިތުންގެ ރުއްތައް ކުއްޔަށްދޫކުރުން
މިރަށު އުތުރު ފަރާތު ޕާކުތެރޭގައިހުރި ރައްޔިތުންގެ ފޯދުނު ރުއްތައް، އެންމެމަތީ އަގެއް ހުށަހަޅާ ފަރާތަކަށް މީލާދީ 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާގޮތަށް ހަމަޖައްސައިފީމެވެ.
ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
މި ރުއްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޕާކުތައް ކުނިކަހާ ސާފުކުރުމާއެކު އެންމެ މަތީއަގެއް ހުށަހަޅާ ފަރާތަކަށްށެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 އަގު ހުށަހެޅުން  | 
| 
 2018 ފެބުރުއަރީ 05 ވާ ހޯމަ ދުވަހުގެ 10:30 ގައި  | 
 2018 ފެބުރުއަރީ 08 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި  | 
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަގު ހުށަހެޅުމަށް އެހެން މީހަކު ފޮނުވާނަމަ، ފޮނުވަންވާނީ އެކަން އެގޭނެ ލިޔުމަކާއެކުގައެވެ.