ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HR/1/2018/8
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 30 ޖަނަވަރީ 2018 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް ޓެލީ އޮފިސަރ
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/5،380 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4304 ރުފިޔާ)

އެހެނިހެން އިނާޔަތްތައް:

2،500ރ - 3،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނުގެ ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު ސާނަވީ އިމްތިޙާނުން ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ފާސް ލިބިފައިވުން ނުވަތަ

މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ބޯޓްފަހަރުންނާއި އަދި މިނޫންވެސް ތަންތަނުން ހޭންޑްލް ކުރެވޭ މުދާ ފަރުވާތެރިކަމާއި އެކު ޓެލީ ކުރުން.

2. ބަނދަރުފަހަރުން ބާލާ އަދި ބޯޓުފަހަރަށް އަރުވާ ކޮންޓެއިނަރ ނަންބަރ ނޯޓުކޮށް މުދާތައް ދިމާވޭތޯ ބެލުން.

3. އެދުވަހެއްގެ ޓެލީގެ މަސައްކަތް ނިމުމުން ރިޕޯޓް ކުރަންޖެހޭ މެނޭޖަރަށް ނުވަތަ އިސް އޮފިސަރުންނަށް މަސައްކަތް ހިނގައިދިޔަ ގޮތް ރިޕޯޓްކުރުން.  

 

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު) 

މަސައްކަތް ކުރަންޖެހޭ ތަން :

 ހުޅުމާލެ ޓާރމިނަލް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

 30 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދި ހުށަހަޅާ ފޯމު

ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

08 ޖުމާދަލްއޫލާ 1439

24 ޖަނަވަރީ 2018