ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120/1/2018/5
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 15 ފެބުރުވަރީ 2018 13:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ ނޮވެންބަރުގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނުގެ ނަތީޖާ ސްލިޕް (ސްޓޭޓްމަންޓް އޮފް ރިސަލްޓްސް) ދޫކުރުން.

    ނަންބަރު: IUL)120/1/2018/5 )


އިޢުލާން

2017 ވަނަ އަހަރުގެ ނޮވެންބަރުގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނުގެ ނަތީޖާ ސްލިޕް (ސްޓޭޓްމަންޓް އޮފް ރިސަލްޓްސް) ދޫކުރުން.

2017 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ބޭއްވި އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނުގެ ނަތީޖާ ސްލިޕް 2018 ޖަނަވަރީ 25 ވަނަ ދުވަހުން ފެށިގެން 2018 ފެބުރުވަރީ  15 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ.

މިޑިޕާޓްމަންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ އާ ޙަވާލުވުމަށް އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާއި، ޙަވާލުވާ ފަރާތުގެ އައިޑީކާޑު ގެންނަންވާނެއެވެ. ސެންޓަރުތަކުގެ ނަތީޖާ ޙަވާލުކުރެވޭނީ ސެންޓަރުގެ ލިޔުމަކާއި އެއަންނަ މީހެއްގެ އައި.ޑީ ކާޑު ގެނައުމުންނެވެ.

ނަތީޖާ ރީޗެކްކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 2018 ފެބުރުވަރީ 18 ވަނަ ދުވަހުގެ 1200 ގެ ކުރިން ހުށަހެޅުން އެދެމެވެ. ސެންޓަރެއް މެދުވެރިކޮށް އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކްކުރުމަށް ހުށަހަޅާނީ އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށެވެ. ރީޗެކް ފީޝީޓު މިޑިޕާޓްމަންޓުންނާއި ސެންޓަރުތަކުން ލިބެން ހުންނާނެއެވެ.

 

07 ޖުމާދަލްޢޫލާ 1439

24 ޖަނަވަރީ 2018 

24 ޖަނަވަރީ 2018