ކުއްޔަށް ހިފުން
ނަންބަރު: (IUL)30-C/30/2018/11
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 30 ޖަނަވަރީ 2018 11:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މިމިނިސްޓްރީގެ ބޭނުމަށް ހދ.ހަނިމާދޫއިން 6 މަސްދުވަހަށް 3 ނުވަތަ 2 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފުމަށް

މިމިނިސްޓްރީގެ ބޭނުމަށް ހދ.ހަނިމާދޫއިން 6 މަސްދުވަހަށް 3 ނުވަތަ 2 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 ޖެނުވަރީ 30 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ނުވަތަ ހދ.ހަނިމާދޫ ގައި ހުންނަ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ވަޑައިގެންދެއްވުން އެދެމެވެ.

 

މަސައްކަތުގެ ތަފްސީލް:

  • ގެއެއް ހިފުމުގައި ފުރަތަމަ އިސްކަންދެވޭނީ 03 ކޮޓަރި ކުއްޔަށްދިނުމަށް ހުށަހަޅާ ފަރާތްތަކަށެވެ.
  • ކުއްޔަށްދޭ އަގު ހުށަހަޅަންވާނީ ފެނާއި ކަރަންޓް ހިމެނޭގޮތަށެވެ.
  • ކުއްޔަށް ހިފުމަށްބޭނުންވަނީ 06 މަސްދުވަހަށެވެ.
  • ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތަކީ ގޭގެ ވެރިފަރާތްކަމަށް ނުވަތަ ކުއްޔަށް ދިނުމަށް ހުށަހަޅާ ގެ ކުއްޔަށް ދިނުމަށް ހުއްދަލިބިފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

 

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 100 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 100 )

 

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ގޯތީގެ ރަޖިސްޓްރީ އަދި ކުރެހުން

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339267، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

23 ޖަނަވަރީ 2018