ދިވެހިރާއްޖެ
ADMHR-MPL/2018/ނަންބަރު: 18
އިޢުލާން
ކިއުސިސްޓަމްއެއް ބަހައްޓައި ދޭނެ ފަރާތެއް ހޯދުން
މިކުންފުނީގެ ކިއުސިސްޓަމެއް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު ADMHR-MPL/2017/254 (31 ޑިސެމްބަރ2017) އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 28 ޖެނުއަރީ 2018 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 04 ފެބްރުއަރީ 2018 ވާ އާދީއްތަ ދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
- ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ސިސްޓަމް ޑެމޯ ދެއްކުމަށް ވަގުތު ހަމަޖައްސައިދެވޭނެއެވެ.
04 ޖުމާދުލް ޢައުލާ 1439
21 ޖެނުއަރީ 2018
މިއިޢުލާން ސަރުކާރު ގެޒެޓްގައި ޝާއިއުކުރެއްވުން އެދެމެވެ.
ޚާދިމަތުކުމް
ފާތިމަތު ސީމާ
ޑިރެކްޓަރ
ދިވެހި ސަރުކާރު ގެޒެޓް
މާލެ، ދިވެހިރާއްޖެ