މަސައްކަތް
ނަންބަރު: (IUL)22-E/22/2018/5
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 09:21
ސުންގަޑި: 28 ޖަނަވަރީ 2018 13:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލޯކަލް ކޮންސަލްޓަންޓުން

އިޢުލާން

ތަޢުލީމީ ދާއިރާގެ އެނަލިސިސް ހެދުމާއި ސެކްޓަރ ޕްލޭން އެކުލަވާލުމާބެހޭގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން 15 ޖެނުއަރީ 2018 ގައި ކުރި އިޢުލާނު ބާޠިލުކޮށް، ތަޢުލީމީ ދާއިރާގެ އެނަލިސިސްއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ލޯކަލް ކޮންސަލްޓަންޓުން ހޯދުމަށް އަލުން އިޢުލާން ކުރީމެވެ. 

ފެންވަރު ނުވަތަ ޝަރުތު:

މި ކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާންކުރެވިފައި ވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ވެބްސައިޓް  https://www.moe.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޖެނުއަރީ 2018 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީ (ވެލާނާގެ 8 ވަނަ ފަންގިފިލާ) އަށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341350 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.       

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ކޮންސަލްޓަންސީ ދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ސީ.ވީ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
  4. ވެލިޑޭޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން

6 ޖުމާދަލްއައްވަލު 1439

23 ޖަނަވަރީ 2018