ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
އަނގޮޅިތީމު، ދިވެހިރާއްޖެ
Secretariat of the Angolhitheem Council, North Maalhosmadulu
Angolhitheem, Republic of maldives
ނަންބަރު: (IUL)301-PJ/301/2018/04 |
އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް |
އިޢްލާނު
ރ. އަނގޮޅިތީމް ރައްޔިތުންގެ ކޭބަލްޓީވީ ސިސްޓަމް ކުއްޔަށް ދިނުމާއި ، ކޭބަލްޓީވީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން.
މި އިދާރާގެ ނަންބަރު (IUL)301-PJ/301/2018/01 08 ޖެނުއަރީ 2018 އިޢްލާން ބާތިލްކޮށް ކޭބަލްޓީވީގެ ޚިދުމަތް ދިނުން ކުއްޔައް ހިފައި އެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢްލާން ކުރަމެވެ
މި އިދާރާއިން ރައްޔިތުންނަށް ކޭބަލް ޓީ.ވީގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ " ރ. އަނގޮޅިތީމު ރައްޔިތުންގެ ކޭބަލް ޓީ.ވީ" ސިސްޓަމް 10 އަހަރު ދުވަހަށް ކުއްޔައް ހިފައި އެޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެ ސިސްޓަމް ކުއްޔައް ހިފައި ކޭބަލްޓީވީގެ ޚިދުމަތް މިރަށުގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް އެދޭ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "މަޢުލޫމާތު ޝީޓާއި ، މާކްސްދެވޭ އުޞޫލް" މަޢްލޫމާތު ސާފުކުރުމުގެ ކުރިން ބޭނުންފުޅުވާނަމަ އިޢްލާން ކުރާ ދުވަހުން ފެށިގެން 31 ޖެނުއަރީ 2018 ވަނަ ދުވަހުގެ 10.00އާ ހަމައަށް މި އިދާރާއިން ލިބެން ހުންނާނެއެވެ.
މި ކަމަށް އެދި ކުރިމަތިލާ ފަރާތްތަކަށް މަޢްލޫމާތު ދިނުން އޮންނާނީ 31 ޖެނުއަރީ 2018 ވާ ބުދަ ދުވަހުގެ 13:00 ގައެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 05 ފެބްރުއަރީ 2018 ވާ ހޯމަ ދުވަހުގެ 13.00 ގައެވެ. މަޢްލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ރ.އަނގޮޅިތީމު ކައުންސިލް އިދާރާ ގައެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓް ސޮސައިޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރެއްވިއިރު މިފަދަ މަސައްކަތް ކުރެވޭނެ ގޮތަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތުގެ މަޢްލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް އަންނަ ފަރާތްތަކުގެ އައި.ޑީ.ކާރޑްގެ އަޞްލު އަދި ބަދަލުގައި ހާޟިރުވާނަމަ އެފަދަ ފަރާތެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢްލޫމާތު ސާފުކުރެއްވި ފަރާތްތަކަށެވެ. އެކަކަށް ދެ ފަރާތެއްގެ ނަމުގައި އަންދާސީ ހިސާބު ހުށައެއް ނޭޅޭނެއެވެ.
ވީމާ ، މި ކަމަށް ޝަޢުޤްވެރިވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރެއްވުމަށްފަހު ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
05 ޖުމާދުލްޢޫލާ 1439
22 ޖެނުއަރީ 2018