ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ނަންބަރ: IUL)341-ADMN/341/2018/3)
މަޤާމް: ޑްރައިވަރ
ގިންތި: ދާއިމީ
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: -/3470.00 ރުފިޔާ
ސަރވިސް އެލަވަންސް: -/1000.00 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
މަޤާމުގެ ޝަރުތު: މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ
މަގާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ސަނަދެއް/ ހާސިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- ކައުންސިލްގެ ވެހިކަލް / ޕިކަޕް ބެލެހެއްޓުމާއި އޮޕަރޭޓްކުރުމާއި، ބެހޭ ކަންކަންކުރުން.
- ކައުންސިލްގެ ވެހިކަލް / ޕިކަޕް ދުއްވަންޖެހޭ ޤަވާއިދުން ދުއްވުން.
- ކައުންސިލްގެ ވެހިކަލް / ޕިކަޕަށް ބޭނުންވާ އަޑީތެލާއި، ޑީސަލްއަޅާ، ފިލްޓަރު ބަދަލް ކުރަން ޖެހޭ މުއްދަތުގައި ފިލްޓަރު ބަދަލު ކުރުމާއި، ފޮޅާސާފުކުރުމާއި ދޮވުން، ކިޓްކުރުން ފަދަ ސަރވިސް ދިނުމާއި، މިކަންކަން ކުރުމަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމަށް ސްޕަވައިޒަރަށް ރިޕޯޓްކުރުން.
- ތެޔޮޖަހަން ޖެހޭތަންތަނަށް ތެޔޮޖެހުން އަދި ފެންއަޅަންޖެހޭ ތަންތަނަށް ފެންއެޅުމާއި، އަޑީތެޔޮ ޗެކްކޮށް ޕިކަޕްގެ ބާއްވާ ގަރާޖް ފޮޅާ ސާފުތާހިރު ކަންމަތީ ބެލެހެއްޓުން.
- ރަށަށް ވަޑައިގަންނަވާ ދައުލަތުގެ އިއްޒަތްތެރިންނާއި، ދަޢުވަތު އަރުވައިގެން ވަޑައިގަންނަވާ މެހެމާނުންގެ ލަގެޖް ފަދަ ތަކެތި ގެންދަންޖެހޭ ތަންތަނަށް ގެންދިއުމާއި، އުފުލަންޖެހޭ މީހުން ކައުންސިލްގެ ޕިކަޕްގައި ނުވަތަ އެހެންވެސް ވެހިކަލެއްގައި އެއްތަނުން އަނެއްތަނަށް ގެންދިއުން.
- ވޭސްޓްމެނޭޖްމަންޓްގެ މަސައްކަތުގައި ކުރަންޖެހޭ އެންމެހާ ދަތުރުތައް ކުރުވާ އެމަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.
- އަދި މިނޫނަސް ވަޒީފާއާއި ގުޅޭގޮތުން ވެރިން އަންގާ އެންމެހާ ކަންކަންކުރުމާއި، އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
- ލިބިފައިވާ މަސައްކަތު ތަޖުރިބާ
- ލިބިފައިވާ ހުނަރު
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (އއ. އުކުޅަހު ކައުންސިލްގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެ އެވެ)
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 30 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00 އެވެ. ފޯމު ހުށަހަޅާނީ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ އަށެވެ.
އިތުރު މަޢުލޫމާތު ހޯދުން:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6660536 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ.
05 ޖުމާދުލްޢޫލާ 1439
22 ޖަނަވަރީ 2018