ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-A/1/2018/07
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 31 ޖަނަވަރީ 2018 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 ނަންބަރު:   07/IUL)202-A/1/2018)

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީ އަށް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަނސް ޒޯން ސީގެ ފޮތް 2000(ދެހާސް)، އަދި އެއްގަމު އުޅަނދު އޮޕަރޭޓް ކުރުމުގެ ހުއްދަ ލައިސަންސް 1000(އެއްހާސް)  ޗާޕް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން 17 ޖަނަވަރީ 2018 ވަނަދުވަހު ކުރެވުނު އިޢުލާނާގުޅިގެން އެކަށީގެންވާ ތަރްހީބެއް ލިބިފައިނުވާތީ، ނަމްބަރ:        05 (IUL)202-A/1/2018/އިޢުލާން ބާޠިލުކޮށް، މަތީ ގައި ދެންނެވިފައިވާތަކެތި ޗާޕްކޮށްދޭނެފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 ޖަނަވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 11:15 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖަނަވަރީ 31 ވާ ބުދަ ދުވަހުގެ 11:15 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ.

      އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

 

04 ޖުމާދަލްއޫލަ 1439

                                                 21 ޖަނަވަރީ 2018

21 ޖަނަވަރީ 2018