މަސައްކަތް
ނަންބަރު: (IUL)438-ENV/438/2018/18
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 05 ފެބުރުވަރީ 2018 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދަރިވަރުންގެ ޤައުމީ ތިމާވެށީގެ މަހާސިންތާ 2018 ގެ އިވެންޓް މެނޭޖަރއެއް ހޯދުމަށް

އިޢުލާން

ތަޢާރަފް

ތަޢުލީމަކީ ވަކިވަކި ފަރުދުން އަދި ޖުމްލަކޮށް މުޖުތަމަޢުގެ ޤާބިލްކަން އޭގެ އެންމެ ފުރިހަމަ މާނައިގައި ބޭނުން ކުރުމަށް ކޮށާ ދެވޭނެ އަސާސެވެ. މިގޮތުން ތިމާވެށި ހިމާޔަތް ކުރުމާއިއެކު ދެމެހެއްޓެނިވި ތަރައްޤީއަށް ކުރަމުން މިދާ ދަތުރުގެ އެންމެ މުހިއްމު ނާރެހަކީ ތިމާވެށީގެ މުހިއްމުކަމާއި އެއާއި ގުޅިފައިވާ ކަންކަމަށް މުޖްތަމަޢުގެ ފަރުދުންގެ މެދުގާ ލޯހުޅުވި ހޭލުންތެރިވެފައިވާ މިންވަރެވެ.

މިގޮތުން ސްކޫލް ދަރިވަރުން ތިމާވެށީގެ މައްސަލަތަކުގެ ހައްލު ހޯދުމާއި ފިކުރު މުއްސަނދިކޮށް އެދަރިވަރުން ބާރުވެރި ކުރުމަށް ކޮންމެ ދެ އަހަރަކުން އެއް އަހަރު 'ދަރިވަރުންގެ ޤައުމީ ތިމާވެށީގެ މަހާސިންތާ' ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ދަރިވަރުންގެ ދެވަނަ ޤައުމީ ތިމާވެށީގެ މަހާސިންތާ 2018 އޭޕްރީލް 7-8 އަށް ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިމަހާސިންތާގެ ކަންކަން އެންމެ އެދެވޭ ގޮތުގާ ކުރިޔަށް ގެންދިޔުމަށްޓަކައި އިވެންޓް މެނޭޖަރ އެއްގެ ދައުރު އަދާކުރާނެ ފަރާތެއް މި މިނިސްޓްރީގެ ޓީ.އޯ.އާރު IUL)438-ENV/438/2018/15) ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަޢުލޫމާތު ސެޝަން

މިމަސައްކަތަށް ޝައުގުވެރިވެ ވަޑައިގަންނަވާ 2018 ޖަނަވަރީ 30 ވަނަ ދުވަހު 11:00 އަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަޢުވަތު އަރުވަމެވެ.

ބީލަން ހުށަހެޅުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 ފެބުރުވަރީ 05 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2018 ފެބުރުވަރީ 05 ވާ ހޯމަ ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

 ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
  • ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، އިއުލާނުގައި ދެވިފައިވާ މައުލޫމާތުގެ މިންގަނޑުތަކަށެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018300 ނަންބަރު ފޯނަށެވެ. 

 

22 ޖަނަވަރީ 2018