މަސައްކަތް
ނަންބަރު: (IUL) 438/438/2018/32
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި: 30 ޖަނަވަރީ 2018 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޓްރެއިނިންގ ވީޑިއޯ ކްލިޕް ތަކެއް ތައްޔާރުކުރާނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން، ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގައި ތަންފީޒުކުރަމުންދާ "ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް" (ސީ.ސީ.އޭ.ޕީ) ގެ ބޭނުމަށް ޓްރެއިނިންގ "ވީޑިއޯ ކްލިޕް ތަކެއް" ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL) 438/438/2017/2118 އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިއުލާން ބާތިލްކޮށް، އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު  ހުޅުވާލަމެވެ.

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2018 ޖަނަވަރީ 28 ވަނަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވުމުން މަޢުލޫމާތު ކަރުދާސް އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ސާފުރުން 2018 ޖަނަވަރީ 28 ވަނަ ދުވަހުގެ 13:00ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބައިވެރިވެވޭނީ، ލިޔުމުން ޝައުގުވެރިކަން ފާޅުކުރާފަރާތްތަށް އެކަނިއެވެ.  

ޕްރޮޖެކްޓް މެނޭޖަރ

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

ގްރީން ބިލްޑިންގް، ހަނދުވަރީ ހިނގުން،

މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 960+، ފެކްސް: 3018301 960+

އީމެއިލް: [email protected]

އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 2018 ޖަނަވަރީ 30 ވާ އަންގާރަ ދުވަހުގެ 11:00ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި އަންދާސީ ހިސާބަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

 

21 ޖަނަވަރީ 2018