ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-HR/141/2018/3
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 31 ޖަނަވަރީ 2018 13:30
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ސީނިއަރ ޕްރޮގްރާމް އޮފިސަރ

                      

                                        އިޢުލާން

 

މަގާމު:

ސީނިއަރ ޕްރޮގްރާމް އޮފިސަރ 

މަޤާމުގެ ނަންބަރު:

J-246467

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ސެކްޝަން:

އިންފޮރމޭޝަން ޓެކްނޮލޮޖީ

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މާލެ.

މުސާރަ:

މަހަކު 6295.00ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00ރުފިޔާ

 

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

1-      މިނިސްޓްރީގެ ސަރވަރ އާއި ނެޓްވޯކް އަށް ދިމާވާ މައްސަލަތައް ވަކި ވަކިން ބަލާ ހައްލުކުރުން.

2-      ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެން އީ ގަވަރމަންޓް ސިސްޓަމް

މިނިސްޓްރީގައި ބެލެހެއްޓުން

3-      ނެޓްވޯކް ތެރޭގައި ހިމެނޭ ނެޓްވޯކް ސަރވަރތައް ބެލެހެއްޓުން.

4-      މިނިސްޓްރީގެ ވެބްސައިޓް އަޕްލޯޑް ކުރުމުގައި މީޑިއަރ ސެކްޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

5-      އެހެން އިމާރާތްތަކުގައި ހުންނަ މިނިސްޓްރީގެ ސެކްޝަން ތަކުގެ ކޮމްޕިޔުޓަރ އާއި ނެޓްވޯކްއަށް 

މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރުން.

6-      އައިޓީގެ އެހެން މުވައްޒަފަކު ސަލާމުގައާއި ޗުއްޓީގައި ހުންނަ ދުވަސް ތަކުގައި އެ މުވައްޒިފަކާއި

ޙަވާލު ކުރެވިފައިވާ މަސައްކަތް ކުރުން.

7-      މިނިސްޓްރީގެ އިންޓްރާނެޓް އާއި ގުޅުން ހުރި މަސައްކަތް ކުރުން.

8-      އައި.ޓީ ސެކްޝަންގެ ޔައުމިއްޔާ ތައްޔާރުކޮށް ބެލެހެއްޓުން.

9-      މިނިސްޓްރީގެ ވެބްސައިޓަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ބަލައި ޙައްލުކުރުން.

10-  މިނިސްޓްރީގެ ބޭނުންވާ ވެބްސައިޓް / ސޮފްޓްވެއަރ ފަރުމާކުރުން.

 

 

 

 

 

މަޤާމުގެ ޝަރުތުތައް:

1-      ކޮމްޕިޔުޓަރ ޕްރޮގްރާމިންގ/ސޮފްޓްވެއަރ  ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ކޮމްޕިޔުޓަރ ޕްރޮގްރާމިންގ/ސޮފްޓްވެއަރ  ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

2-       ކޮމްޕިޔުޓަރ ޕްރޮގްރާމިންގ/ސޮފްޓްވެއަރ  ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ކޮމްޕިޔުޓަރ ޕްރޮގްރާމިންގ/ސޮފްޓްވެއަރ  ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3-      ކޮމްޕިޔުޓަރ ޕްރޮގްރާމިންގ/ސޮފްޓްވެއަރ  ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ނުވަތަ

4-   ކޮމްޕިޔުޓަރ ޕްރޮގްރާމިންގ/ސޮފްޓްވެއަރ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ މެނޭޖްމަންޓް  ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

     

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަވިއު.
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ

 ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް

ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، މި އިދާރާގެ www.youth.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018  ޖަނަވަރީ 31 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ، 3327162 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 01 ފެބުރުވަރީ 2018 އާއި 28 ފެބުރުވަރީ 2018  އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

%30 (އިންސައްތަ).

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347316 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3327162 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                                        04 ޖުމާދަލްއޫލާ 1439

 

21 ޖަނަވަރީ 2018