ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)301/301/2018/2
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 31 ޖަނަވަރީ 2018 13:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮޗަރ

އިޢްލާން

 

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލް އިދާރާއަށް ވޮޗަރުން ބޭނުންވެއްޖެއެވެ.

 

މަޤާމު: ވޮޗަރ

ބޭނުންވާ ޢަދަދު: 01

މުސާރަ: 3100.00 ރުފިޔާ.

އެލަވަންސް: 1000.00 ރުފިޔާ އަދި ބަންދު ދުވަހުގެ ފައިސާއާއި އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ.

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އުޞޫލުން

ކޮންޓްރެކްޓް މުއްދަތު: 2 އަހަރު ދުވަސް

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލްގެ އިދާރާ

 

މަޤާމުގެ އަސާސީ ޝަރުތުތައް:

 

  • އަސާސީ ފެންވަރަށް ލިޔަންކިޔަން އެނގުން
  • ޞިއްޙަތު ސަލާމަތުން ހުރި މީހެއް ކަމުގައިވުން  އަދި ކައުންސިލުން ދައްކާ މަސައްކަތް ކުރެވޭނެ ޤަބިލްކަން ހުރިކަން ސާބިތު ކޮށްދިނުން.
  • ކައުންސިލް އިދާރާގެ ނުވަތަ ރ.އަނގޮޅިތީމްގެ އެހެން މުއައްސަސާއެއްގައި ވޮޗަރުކަން ނުވަތަ މަސައްކަތު މީހެއްގެ ވަޒީފާގައި އުޅެ ތަޖްރިބާ ލިބިފައިވުން.
  • އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން ( ހަވީރު 4 އިން ހެނދުނު  8 އަށް (8 ގަޑިއިރުގެ ޝިފްޓް ޑިއުޓީ)
  • ދިދަ ނެގުމާއި ދިދަ އެރުވުން
  • ކައުންސިލުން އަންގާ އެހެނިހެން، ހުނަރު ބޭނުން ނުވާ ޒާތުގެ މަސައްކަތް ކުރުން
  • ކައުންސިލް އިދާރާގެ ގޯތި ތެރޭގައި ބަގީޗާ ހެއްދުމާއި ގަސްކޮށާ ރީތި ކުރުން
  • ކައުންސިލުން އަންގާ ކައުންސިލުގެ އިޙްތިސާސް ހިމެނޭ ތަންތަނުގައި ސެކިއުރިޓީ ބެލެހެއްޓުމާއި އެތަންތަނުގައި މަސައްކަތް ކުރުން
  • ކައުންސިލުން އަންގާ އެހެނިހެން މަސައްކަތް ކުރުން

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން:

  • ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ތިރީގައި އެވާ ގޮތުގެ މަތީން މާކްސް ދެވޭނެއެވެ.
    • ލިބިފައިވާ ތަޢްލީމާއި ތަމްރީން 15%
    • މަސައްކަތުގެ ތަޖްރިބާ 30%
    • މަސައްކަތުގެ ހުނަރާއި ޤަބިލްކަން ސާބިތު ކޮށްދިނުން 55%

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚް:

  • މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ 31 ޖެނުއަރީ 2018 ވާ ބުދަ ދުވަހުގެ 1:00 ގެ ކުރިން ރ.އަނގޮޅިތީމް ކައުންސިލް އިދާރާއަށެވެ. މީގެ އިތުރުން މި މަޤާމަށް ކުރިމަތި ލާ ބޭފުޅުންނަށް އީ މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. މި ވަޒީފާއަށް އެދޭ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

 

ހުށައަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް
  • ވަޒީފާއެއްގައި އުޅޭނަމަ އެ ވަޒީފާއެއްގައި އުޅޭ ކަމުގެ ލިޔުން
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާއަށް އެދި ހުށައަޅާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއިއެކު)
  • ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްގެ ކޮޕީ /އަޞްލާއިއެކު ( ވަޒީފާއަށް އެދި ހުށައަޅާއިރު ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަން ނުޖެހޭނެ)
  • ލިބިފައިވާ މަސައްކަތުގެ ތަޖްރިބާގެ ސިޓީތަކުގެ ކޮޕީ/އަޞްލާއިއެކު

 

އިންޓަވިއު ކުރުން:

  • މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނަ ތާރީޚް ފަހުން އެންގޭނެއެވެ.

 

 

21 ޖެނުއަރީ 2018

21 ޖަނަވަރީ 2018