މަސައްކަތް
ނަންބަރު: (IUL)416-ESMSPR/416/2018/1
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި: 28 ޖަނަވަރީ 2018 10:30
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ!

އިޢުލާން

ޤަބުރުސްތާން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ!

ގދ. މަޑަވެލީ ޤަބުރުސްތާން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ހޮވޭ ފަރާތަކަށް އުޖޫރައިގެ ގޮތުގައި މަހަކު -/2000ރ. (ދެހާސް ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ. މިކަމަށް މީހަކު ހޮވުމުގައި ތިރީގައި މިވާ ކަންތައްތަކަށް އިސްކަން ދެވޭނެއެވެ.

 

  • ޢުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ ފިރިހެނަކަށް ވުން،
  • ކޮންމެ ދުވަހަކު ޤަބުރުސްތާން ސާފުކުރުމުގެ މަސައްކަތުގައި އުޅެވޭނެފަދަ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހަކަށްވުން ނުވަތަ ޤަބުރުސްތާން ސާފުކުރުމުގެ މަސައްކަތް އެހެން ފަރާތެއް ލައްވައި ކުރުވުމުގެ ޤާބިލުކަންހުރި ފަރާތަކަށްވުން،
  • ކައުންސިލްގެ އިދާރާއިން ކުރާ އިންޓަރވިއުއިން ފާސްވުން.

 

 އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ 6480006 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބަންދު ކޮށްފައިވާ ސިޓީއުރައެއްގައި 28 ޖަނަވަރީ 2018 ދުވަހުގެ ހެނދުނު 10:30 ގެ ކުރިން މިމަސައްކަތް ކުރެވޭނެ އަގު މަޑަވެލީ ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުމަށް ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

21 ޖަނަވަރީ 2018