ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2018/4
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 20:50
ސުންގަޑި: 22 ޖަނަވަރީ 2018 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުން.

2018 ޖަނަވަރީ 03 ގައި މިއިދާރާއިންކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންފައިނުވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.

މިއިދާރާއާއި މިއިދާރާގެ ބެލުމުގެދަށުން ހިންގާ، މިދަންނަވާތަންތަނުގެ 2017 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1.      ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ.

2.      ނިލަންދޫ ރައްޔިތުންގެ ތެޔޮސެންޓަރު

3.      ނިލަންދޫ ރައްޔިތުންގެ އައްޑަނަ ފިހާރަ

ވީމާ، މިކަމަށް ޝައުޤުވެރިވާ އޮޑިޓް ފާމުތަކުން 2018 ޖަނަވަރީ 22 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖަނަވަރީ 25 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހަމަޖެހިފައިވާ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ނިލަންދޫ ކައުންސިލާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން އޮޑިޓް ކޮށްދިނުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

28 ރަބީޢުލްއާޚިރު  1439

15 ޖަނަވަރީ     2018

 

މުޙައްމަދު ޖަލީލު

ފ. ނިލަންދޫ ކައުންސިލްގެ ރައީސް

15 ޖަނަވަރީ 2018