ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251-MS/251/2018/4
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 17:37
ސުންގަޑި: 21 ޖަނަވަރީ 2018 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ފުޓްބޯޅަ މުބާރާތުގައި ދިއްދޫ ތަމްސީލްކުރުމާއި މުބާރާތް ހޯސްޓްކުރުމާ ބެހޭ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކުރައްވާ 2018 ވަނަ އަހަރުގެ އަތޮޅު ފުޓްބޯޅަ މުބާރާތް 27 ފެބްރުވަރީ 2018 ގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ރަށް ތަމްސީލްކުރުމަށްޓަކައި ކޮންމެ ރަށަކުން ވެސް ބައިވެރިވެވެނީ ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ކްލަބްތަކަށެވެ. އަދި މި މުބާރާތް ހޯސްޓްކުރުމުގެ ފުރުޞަތު ވެސް އެ އެސޯސިއޭޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ.

ވީމާ، މި މުބާރާތުގައި ދިއްދޫ ތަމްސީލްކުރުމަށް ބޭނުންވާ ކްލަބްތަކުންނާއި، މުބާރާތް ދިއްދޫގައި ހޯސްޓްކުރުމަށް ޝައުޤުވެރިވާ ކްލަބްތަކުން، އެކަން ބަޔާންކޮށް، 21 ޖަނަވަރީ 2018 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން ސިޓީއަކުން މި ކައުންސިލަށް އަންގަވައިދެއްވުން އެދި ދެންނެވީމެވެ.

1 ޖުމާދަލްއޫލާ 1439

18 ޖަނަވަރީ 2018

18 ޖަނަވަރީ 2018