ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2018/3
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 25 ޖަނަވަރީ 2018 13:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 

                                                                         އިޢުލާން ނަންބަރު:IUL)MMPRC-HR/1/2018/3)

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  ޑިރެކްޓަރ

އަސާސީ މުސާރަ (މަހަކު):-/13,200 ރުފިޔާ

އެލަވަންސް (މަހަކު):-/8,800 ރުފިޔާ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޑިޕާޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ މާކެޓިންގ

ބޭނުންވާ އަދަދު: 1

 

ޝަރުޠު:

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

- މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ 

- މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މާކެޓިންގ ދާއިރާގައި ސީނިއަރ މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، 

 މި މަޤާމަށް މީހުން ހޮވުމުގައި ތިރީގައިއެވާ ކަންކަމަށް އިސްކަންދެވޭނެއެވެ؛

  • އިނގިރޭސި ބަސް ފިޔަވައި އެހެނިހެން ފޮރިން ބަސްތައް އެނގޭ ފަރާތްތައް
  • ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކޮށްފައިވާ އަދި ކުރައްވާ ފަރާތްތައް
  • ރިޒަލްޓް އޮރިއެންޓެޑް އަދި ޕްރޫވަން ލީޑަރޝިޕް ކުއަލިޓީ ހުރި ފަރާތްތައް
  • ޑިޖިޓަލް އަދި ސޯޝިއަލް މީޑީޔާއަށް އަހުލުވެރި ފަރާތްތައް
  • ޑިޒައިނިންގ ލޭއައުޓްގެ މަސައްކަތް ދަންނަ ފަރާތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ޑެސްޓިނޭޝަން ޕްރޮމޯޝަން ސެކްޝަނުގެ މަސައްކަތްތައް އޮފީސް ހިންގެވުމާއި ޙަވާލުވެ ހުންނަ ވެރިޔާގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން.

- ކުންފުނީގެ މާކެޓިންގ ޕްލޭން ސީނިއަރ މެނޭޖްމަންޓުގެ ލަފާގެ މަތިން މާކެޓިންގ ސެކްޝަނުގެ މުވައްޒަފުންގެ އެހީގައި ތައްޔާރުކުރުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިއުން.

- ސެކްޝަނުގެ މަސައްކަތްތަށް ސުޕަރވައިޒްކޮށް ބެލެހެއްޓުން.

- މިކޯޕަރޭޝަނުގެ ފަރާތުން ރާއްޖޭން ބޭރުގައި އައްޔަންކުރާ ޕަބްލިކް ރިލޭޝަންސް ފާރމްތަށް އައްޔަން ކުރުމަށް ކުރާ މަސައްކަތްތަށް މެނޭޖްމަންޓުގެ ލަފާގެ ދަށުން ކުރިއަށް ގެންދިއުން.

- މާކެޓްތަކުގެ މާކެޓް ރިޕޯޓްތައް، ފެއަރ ރިޕޯޓް ފަދަ މާކެޓިންއާއި ގުޅުންހުރި އެންމެހާ ރިޕޯޓްތަށް ސެކްޝަނުގެ މުވައްޒަފުންލައްވައި ނިންމަންޖެހޭ މުއްދަތުތަކަށް ނިންމުން.

- ރާއްޖެއަށް މުހިންމު މާކެޓްތަކުގެ މީޑިއާ ފަރާތްތައް ރާއްޖެއަށް ގެނެސް، ރާއްޖެއާބެހޭ މައުލޫމާތު ހިމެނުމަށް ބޭނުންވާ ފެމްޓުއަރތައް ރާވައި އެމަސައްކަތްތައް ސުޕަވައިޒްކުރުން.

- މިކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.

ފޯމް ފޮނުވަންވީ ތާރީޚާއި ތަން:  2018 ޖަނަވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ވެލާނާގެ 4 ވަނަ ފަންގިފިލާގައި  ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް.

:ހުށައަޅަންޖެހޭ ލިޔުންތައް

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން ( މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

:އިތުރު މަޢުލޫމާތު

  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުތު ހަމަވާ، ތަޢްލީމާއި ތަޖުރިބާ އެންމެ މަތީ 05 ފަރާތަކާއެވެ. އަދި ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އަންގައި ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.

 

29 ރަބީޢުލްއާޚިރު 1439

16 ޖެނުއަރީ 2018

 

 

 

16 ޖަނަވަރީ 2018