ދިވެހިރާއްޖެ
ލ.ކައްދޫ އެއަރޕޯޓްގައި ޤާއިމްކުރުމަށް ބޭނުންވާ ތެޔޮރައްކާކުރާ ނިޒާމްގައި ހިމެނޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (ކޭ.އޭ.ސީ.އެލް) އިން ލ.ކައްދޫ އެއަރޕޯޓްގައި ޤާއިމްކުރުމަށް ބޭނުންވާ ތެޔޮރައްކާކުރާ ނިޒާމްގައި ހިމެނޭބައެއް މަސައްކަތްތަކާއި ބައިތައް މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް ފުރިހަމަ ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)KACL-HO2017/09 (16 ނޮވެމްބަރ 2017) އިޢުލާން އާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ 01 ފަރާތަކުންކަމަށްވާތީ، މިކަމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކުން 2018 ޖެނުއަރީ 24 ވާ ބުދަ ދުވަހުގެ 13:30 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމަތު ސާފުކުރެއްވުމަށްފަހު، 2018 ފެބުރުއަރީ 04 ވާ އާދިއްތަ ދުވަހުގެ 13:30 އަށް މިއޮފީހަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމަތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކުންފުނީގެ 3011734 ނަމްބަރާއި ގުޅުއްވުން އެދެމެވެ.
30 ޖުމާދަލްއޫލާ 1439
17 ޖެނުއަރީ 2018
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
އަމީރު އަހުމަދު މަގު
މާލެ / ދިވެހިރާއްޖެ
ފޯން: 3011734
އީމެއިލް: [email protected] ނުވަތަ [email protected]