މަސައްކަތް
ނަންބަރު: 411-B/IUL/2018/5
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 20:48
ސުންގަޑި: 25 ޖަނަވަރީ 2018 11:00
ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާ މަރާމާތު ކުރާނެ ފަރާތެއް ހޯދުމާބެހޭ

 

އިޢުލާން

 

ދެއްވަދޫ ކައުންސިލްގެ އިދާރާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 

          މިއިދާރާގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ 411-B/IUL/2018/2 (07 ޖަނަވަރީ 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ލިބިފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖަނަވަރީ 2018ވާ ބްރާސްފަތި ދުވަހުގެ ހެނދުނު 11.00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު 01 ފެބްރުވަރީ 2018ވާ ބްރާސްފަތި ދުވަހުގެ ހެނދުނު 11.00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ދެއްވަދޫ ކައުންސިލްގެ އިދާރާގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.  

މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ރަބީޢުލްއާޚިރު 1439

17 ޖަނަވަރީ    2018

17 ޖަނަވަރީ 2018