ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)398 /398/2018/2
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 25 ޖަނަވަރީ 2018 10:00
ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2018 ވަނަ އަހަރު ލ.މުންޑޫ ޤަބުރުސްތާން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް.

2018 ވަނަ އަހަރު ލ.މުންޑޫ ޤަބުރުސްތާން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް:

01 ފެބްރުއަރީ 2018 އިން 31 ޑިސެމްބަރ 2018ގެ ނިޔަލަށް ލ.މުންޑޫ ޤަބުރުސްތާން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖެނުއަރީ 2018 ވާ ބުދަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ޙާޒިރުވެ، މައުލޫމާތު ސާފުކުރުމަށްފަހު 25 ޖެނުއަރީ 2018ވާ ބުރާސްފަތި ދުވަހުގެ 10:00އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި އިޢުލާން އާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް 6800714 އާއި ގުޅުއްވުން އެދެމެވެ.

                          30 ރަބީޢުލް އާހިރު 1439
                            17 ޖެނުއަރީ 2018

 

17 ޖަނަވަރީ 2018