ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)401-C/401/2018/3
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި: 25 ޖަނަވަރީ 2018 14:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕުލޯއިމަންޓްގެ ދަށުން މިސްކިތްތަކަށް ވަގުތީގޮތުން މީހުން ހަމަޖެއްސުން

ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މި އަހަރުގެ ނިޔަލަށް މިރަށުގެ މިސްކިތްތަކުގައި މަސައްކަތް ކުރާނެ މީހުން ބޭނުންވެއްޖެއެވެ. 

 

މަސައްކަތް ކުރަންޖެހޭ ޙާލަތްތައް؛

މިސްކިތު އިމާމުންނާއި މުދިމުން އަދި މިސްކިތު މަސައްކަތު މީހުން އެކިއެކި ސަބަބުތަކާ ގުޅިގެން މިސްކިތަށް ޙާޟިރުނުވާ ދުވަސްތަކުގައެވެ.

 

އުޖޫރަ:

އިމާމަކު ނަމަ ކޮންމެ ނަމާދުވަގުތަކަށް 56.00ރ (ފަންސާސްހައެއް) ރުފިޔާ

މުދިމަކު ނަމަ ކޮންމެ ނަމާދުވަގުތަކަށް 48.00ރ (ސާޅީސްއަށެއް) ރުފިޔާ

މަސައްކަތު މީހަކަށް މަސައްކަތްކުރާ ގަޑިއަކަށް 40.00ރ (ސާޅީސް) ރުފިޔާ

މިއީ ވޭޖްއެމްޕުލޯއީގެ ދަށުން ނެގޭ ބަޔަކަށްވާތީ އުޖޫރަދެވޭނީ މަތީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. ބަންދުދުވަހުގެ ފައިސާ އާއި އިތުރުގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް.

-          މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ސާފުކޮޕީ

-          ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ވީމާ، މަތީގައި ދަންނަވާފައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2018 ޖެނުއަރީ 25 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

14 ޖަނަވަރީ 2018