ދިވެހިރާއްޖެ
މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަން
ހ. ކްރެސެންޓް މޫން، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 3317932، ފެކްސް: 3312701
އީމެއިލް: [email protected]
ނަންބަރު: MGGA/GTL/2018/02
މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންއަށް ޔުނިފޯމް ސަޕްލައިކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ.
މި އެސޯސިއޭޝަންގެ ތިރީގައިވާ ބްރާންޗްތަކުގެ ވޯކިނިްގ ޔުނިފޯމްގެ ޓީޝާރޓްތައް އެސޯސިއޭޝަނުން ދައްކާ ނަމޫނާއާއި އެއްްގޮތައް ކުރިއަށް އޮތް 2 އަހަރުގެ މުއްދަތައް ތައްޔާރުކޮށް ސަޕްލައިކޮށްދޭނޭ ފަރާތެއް ބެނުންވެއެވެ.
ސުރުޙީ |
މި އެސޯސިއޭޝަންގެ ލިޓްލް މެއިޑް، ގައިޑް އަދި ގައިޑް ލީޑަރުންގެ ވޯކިން ޔުނިފޯމް ޓީ.ޝާޓްތައް އަމިއްލަ ތަކެތީގައި ފަހާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން |
އުޞޫލު |
މި އެސޯސިއޭޝަނުން ދައްކާ ނަމޫނާ އަދި ދެވޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަސައްކަތް ކުރާގޮތަށް |
މަޢުލޫމާތު ދިނުން |
22 ޖެނުއަރީ 2018 ވާ ހޯމަ ދުވަހު 13:00އަށް މި އެސޯސިއޭޝަންގައި |
ބީލަން ހުށަހަޅަންޖެހޭ ސުންގަޑި |
5 ފެބްރުއަރީ 2018 ވާ ހޯމަ ދުވަހު 13:00 އަށް މި އެސޯސިއޭޝަންއަށް |
ބީލަން ހުށަހަޅުއްވަން ވާނީ ކޮންމެ ޔުނިފޯމަކަށް ވަކިންނެވެ. އަދި ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. މިބިޑަށް އެންމެ ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ބިޑްތައް ބަލައިގަނެ އިވެލުއޭޓްކުރެވޭނޭ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރާ ގުޅުއްވުން، ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަން
ހ. ކްރެސެންޓް މޫން، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 3317932، ފެކްސް: 3312701
އީމެއިލް: [email protected]
15 ޖެެނުއަރީ 2018 މ
27 ރަބީއުލްއާހިރު 1439 ހ