މަސައްކަތް
ނަންބަރު: (IUL)13-K/13/2018/2
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 27 ފެބުރުވަރީ 2018 12:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އައްޑޫ ސިޓީގައި އިންސިނަރޭޓަރ ޕްލާންޓެއް އެނާރޖީ ރިކަވަރ ކުރުމާއެކު ޑިޒައިންކުރުމާއި ސަޕްލައިކުރުން އަދި އިންސްޓޯލްކުރުމުގެ މަސައްކަތް

 

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

މާލެ، ދިވެހިރާއްޖެ

 އިޢުލާން ނަންބަރު:

(IUL)13-K/13/2018/2

ޕްރޮޖެކްޓް ނަމްބަރު:

TES/2017/G-19

 ބީލަން ހުށަހެޅުމުގެ ދައުވަތު 

އައްޑޫ ސިޓީގައި އިންސަނަރޭޓަރ ޕްލާންޓެއް އެނާރޖީ ރިކަވަރ ކުރުމާއެކު ޑިޒައިންކުރުމާއި ސަޕްލައިކުރުން އަދި އިންޓޯލްކުރުމުގެ މަސައްކަތް

1. އަބޫ ދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް ( އޭ.ޑީ.އެފް.ޑީ) އިން ދިވެހި ސަރުކާރަށް ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން އައްޑޫ ސިޓީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ އިންސިނަރޭޓަރ ސްޕެސިފިކޭޝަނާއި އެގޮތަށް ޑިޒައިންކޮށް ސަޕްލައިކުރުމާއި އަދި އިންސްޓޯލްކޮށް ދޭނެ ފަރާތެއް ވަނީ ބޭނުންވެފައެވެ.

2. ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ، 3 ވަނަ ނުކުތާގައިވާ މަސައްކަތް ކުރެވޭނެކަމުގެ ޤާބިލިއްޔަތުން ހުރި ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މި މަސައްކަތަށް ޝަރުޡުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ދިވެހިރާއްޖޭގެ މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތިން "ސިންގަލް ސްޓޭޖް ވަން އެންވެލޮޕް" ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ.

4. މިކަމަށް ކުރިމަތިލާ ފަރާތް ތަކުގައި ހުންނަން ޖެހޭ ޝަރުޠުތަކާއި އިވެލުއޭޓް ކުރެވޭ ކްރައިޓީރިއާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

5. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1,500/- (އެއް ހާސް ފަސް ސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ  21 ޖަނަވަރީ 2018 އިން 27 ފެބުރުވަރީ 2018 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08.30 އިން 13:00 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

6. މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި10,000.00 (ދިހަހާސް) ޔޫ.އެސް.ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ އަދަދެއް ދިވެހި ރުފިޔާއިން ހުށަހަޅަން ޖެހޭނެއެވެ. މި މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. މި މަޝްރޫޢުގެ ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

7. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 1ފެބުރުވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 1200 ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8. މި ބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ 28 ފެބުރުވަރީ 2018 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނޭޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    : 3349106    3349296

އީ-މެއިލް  : [email protected]

ކޮޕީ     : [email protected]

10. މިއިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

 

 

16 ޖަނަވަރީ 2018

16 ޖަނަވަރީ 2018