ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2018/2
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 25 ޖަނަވަރީ 2018 13:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

 

  މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 

                                             އިޢުލާން ނަންބަރު:IUL)MMPRC-HR/1/2018/2) 

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  ޑެޕިއުޓީ ޑިރެކްޓަރ

 

މުސާރަ: -/10,800 ރުފިޔާ

އެލަވަންސް: -/7,200 ރުފިޔާ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޑިޕާޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ / މާކެޓިންގ

ބޭނުންވާ އަދަދު: 1

ޝަރުޠު:

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

 

- މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު މާކެޓިންގ ދާއިރާގައި ސީނިއަރ މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

- މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު މާކެޓިންގ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު އަދި ސީނިއަރ މަޤާމެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 މި މަޤާމަށް މީހުން ހޮވުމުގައި ތިރީގައިއެވާ ކަންކަމަށް އިސްކަންދެވޭނެއެވެ؛

  • އިނގިރޭސި ބަސް ފިޔަވައި އެހެނިހެން ފޮރިން ބަސްތައް އެނގޭ ފަރާތްތައް
  • ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކޮށްފައިވާ އަދި ކުރައްވާ ފަރާތްތައް
  • ރިޒަލްޓް އޮރިއެންޓެޑް އަދި ޕްރޫވަން ލީޑަރޝިޕް ކުއަލިޓީ ހުރި ފަރާތްތައް
  • ޑިޖިޓަލް އަދި ސޯޝިއަލް މީޑީޔާއަށް އަހުލުވެރި ފަރާތްތައް
  • ޑިޒައިނިންގ ލޭއައުޓްގެ މަސައްކަތް ދަންނަ ފަރާތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ގްލޯބަލް އެޑްވަޓައިޒިންގގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިއުން.
  2. ކޮންމެ އަހަރަކު ތައްޔާރުކުރެވޭ މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި ސީނިއަރ މެނޭޖްމަންޓްގެ ލަފާގެ މަތިން ތައްޔާރުކުރުން.
  3. މިކޯޕަރޭޝަނުގެ ފަރާތުން ރާއްޖޭން ބޭރުގައި އައްޔަންކުރާ ޕަބްލިކް ރިލޭޝަންސް ފަރމްތައް އައްޔަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި މަސައްކަތްތައް ކުރިއަށް ގެންދިއުން.
  4. ރާއްޖެއަށް މުހިންމު މާކެޓްތަކުގެ މީޑިއާގެ ފަރާތްތައް ރާއްޖެ ގެނެސް، ރާއްޖެއާއިބެހޭ މަޢްލޫމާތު ހިމެނުމަށްބޭނުންވާ ފެމިލިއަރައިޒޭޝަން ޓްރިޕްތައް ރާވައި އެމަސައްކަތްތައް ސުޕަވައިޒްކުރުން.
  5. މާކެޓްތަކުގެ މާކެޓް ރިޕޯރޓް، ފެއަރ ރިޕޯރޓް ފަދަ މާކެޓިންގ އާ ގުޅުންހުރި އެންމެހާ ރިޕޯރޓްތައް ނިންމަންޖެހޭ މުއްދަތައް ނިންމުން.
  6. ކުންފުނިން ރާވާ ހިންގާ އިވެންޓްތަކުގައި ބައިވެރިވުން.

ފޯމް ފޮނުވަންވީ ތާރީޚާއި ތަން:  2018 ޖަނަވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ވެލާނާގެ 4 ވަނަ ފަންގިފިލާގައި  ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް.

:ހުށައަޅަންޖެހޭ ލިޔުންތައް

 

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން ( މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

:އިތުރު މަޢުލޫމާތު

 

  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުތު ހަމަވާ، ތަޢްލީމާއި ތަޖުރިބާ އެންމެ މަތީ 05 ފަރާތަކާއެވެ. އަދި ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އަންގައި ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.

30 ރަބީޢުލްއާޚިރު 1439

16 ޖެނުއަރީ 2018

 

 

16 ޖަނަވަރީ 2018