ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120/1/2018/3
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 06 ފެބުރުވަރީ 2018 14:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ނަތީޖާ ސްލިޕް (ސްޓޭޓްމަންޓް އޮފް ރިސަލްޓްސް) ދޫކުރުން.

ނަންބަރު: IUL)120/1/2018/3 )


އިޢުލާން

2017 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ނަތީޖާ ސްލިޕް (ސްޓޭޓްމަންޓް އޮފް ރިސަލްޓްސް) ދޫކުރުން.

2017 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުމަހުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ނަތީޖާ ސްލިޕް 2018 ޖަނަވަރީ 18 ވަނަ ދުވަހުން ފެށިގެން 2018 ފެބުރުވަރީ 06 ގެ ނިޔަލަށް މިޑިޕާޓްމަންޓުންނާއި ސެންޓަރުތަކުން ދޫކުރާނެއެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 1330އަށެވެ.

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރާނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމުންނެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާއި ޙަވާލުވާ  ފަރާތުގެ އައިޑީކާޑު ގެންނަންވާނެއެވެ.  

ނަތީޖާގައި އެއްވެސް މައްސަލައެއްވާނަމަ، 2018 ފެބުރުވަރީ 07 ވަނަ ދުވަހުގެ 1200 ގެ ކުރިން އެކަން ލިއުމަކުން މިޑިޕާޓްމަންޓަށް ހުށަހެޅުން އެދެމެވެ. ނަތީޖާ ރީޗެކްކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 2018 ފެބުރުވަރީ 07 ވަނަ ދުވަހުގެ 1200 ގެ ކުރިން ހުށަހެޅުން އެދެމެވެ. ސެންޓަރެއް މެދުވެރިކޮށް އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކްކުރުމަށް ހުށަހަޅާނީ އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށެވެ. ރީޗެކް ފީޝީޓު މިޑިޕާޓްމަންޓުންނާއި ސެންޓަރުތަކުން ލިބެން ހުންނާނެއެވެ.  

 

29 ރަބީޢުލްއާޚިރު 1439

16 ޖަނަވަރީ    2018

16 ޖަނަވަރީ 2018