ނީލަން
ނަންބަރު: (IUL)227-CA/227/2013/41
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2013
ޕަބްލިޝްކުރި ގަޑި: 16:36
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ އަތޮޅު ކައުންސިލް އިދާރާގެ "ފަރުކޮޅު" ސިޓީލާ ނީލަމުގައި ވިއްކާލުން

މި އިދާރާގައި ބޭނުންކުރަމުން ގެންދާ އަތޮޅުދޯނި "ފަރުކޮޅު" ރަޖިސްޓްރީ ނަންބަރު G4577A-07-15-C  ސިޓީލައި ނީލަމުގައި ވިއްކާލުމަށްކުރި މިއިދާރާގެ ނަންބަރު  (IUL)227-CA/227/2013/39 (03 އޮކްޓޫބަރު 2013) އިޢުލާނާއި، ނަންބަރު (IUL)227-CA/227/2013/40 (27 އޮކްޓޫބަރު 2013) އިޢުލާންގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ މުއްދަތު އިތުރުކޮށް އަލުން ހުށަހަޅަމެވެ.

މި ނީލަން ފެށޭއަގަކީ -/600،000 ރުފިޔާ ( ހަލައްކަ ރުފިޔާ ) އެވެ. ނީލަމަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން -/10،000 ރުފިޔާ ( ދިހަހާސް ރުފިޔާ ) އެވެ. ކޮންމެ ދުވަހަކުވެސް ހުށަހެޅޭ އެންމެ މަތީ އަގު އެދުވަހެއްގެ 14:00ގެ ފަހުން މިއިދާރާގެ ނޯޓިސްބޯޑުންނާއި މިއިދާރާގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 7 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމޭނެއެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން 2013 ނޮވެންބަރު 25 ވާ ހޯމަ ދުވަހުގެ 9:00 ން ފެށިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ އެކަމަށް މިއިދާރާއިން ކަނޑައަޅާފައިވާ ފޯމުގައެވެ. މިފޯމު އަދި އުޅަނދާއި ބެހޭ މަޢުލޫމާތާއި ފޮޓޯ މިއިދާރާއިންނާއި އަދި މިއިދާރާގެ ވެބްސައިޓް: www.shaviyani.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަގު ހުށަހަޅާ ފޯމު ރަސްމީ ދުވަސް ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ ފެކްސް އަދި އީމެއިލްގެ ޒަރީއާއިން ވެސް ހުށަހެޅިދާނެއެވެ. ފެކްސް ނަންބަރަކީ 6540057 އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އަދި އުޅަނދު ބެއްލެވުމަށް ގުޅުއްވާނީ މިއިދާރާގެ 6540038، 6540025 މި ނަންބަރު ފޯނާއެވެ.

                15 މުޙައްރަމް 1435

19 ނޮވެންބަރު 2013