މަސައްކަތް
ނަންބަރު: (IUL)196-C/1/2018/08
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 22 ޖަނަވަރީ 2018 10:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ބ. ގޮފި ފޮޅާ ސާފުކުރުން

ނަންބަރު: IUL)196-C/1/2018/08)

އިޢުލާން

 

މި އޮފީހުގެ ބ. ގޮފި ހިނގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)196-C/1/2018/03) އިޢުލާނާ ގުޅިގެން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް 02 (ދޭއް) ފަރާތަކުން ވަޑައިގެންފައިވާތީ އެ އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2018 ޖަނަވަރީ 22 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮފީހުގެ ބ. ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޖަނަވަރީ 28 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު، މިއޮފީހުގެ ބ. ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

 

މިއޮފީހުގެ ބ. ގޮފި ހިނގަމުންދަނީ ބ. އޭދަފުށީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ މަލްޓިޕާރޕަސް ޢިމާރާތުގެ ތެރޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003287 ފޯނާއި، ނުވަތަ ބ. ގޮފީގެ ނަންބަރު: 6608501 ފޯނާ ގުޅުއްވުން އެދެމެވެ.

29 ރަބީޢުލްއާޚިރު 1439

16 ޖަނަވަރީ 2018