ދިވެހިރާއްޖެ
އިޢުލާން
މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ޤާނޫނެއް ޑްރާފްޓްކުރުން
މި މިނިސްޓްރީއާއި އ.ދ.ގެ ތިމާވެށި ޖަމްޢިއްޔާ ގުޅިގެން ހިންގޭ ޕްރޮގްރާމެއްގެ ދަށުން "މޫސުމަށް އަންނަ ބަދަލުތަކާ ޤާނޫނެއް" ތައްޔާރު ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެއިޢުލާނަށް އެދެވިގެންވާ އަންދާޒީ ހިސާބު ނުލިބުމުގެ ސަބަބުން، މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" އަށް ބަދަލުގެނެސް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި މިސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުޅުވުން
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 ޖަނަވަރީ 24 ވާ ބުދަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 2018 ޖަނަވަރީ 24 ވާ ބުދަ ދުވަހުގެ 10:00 ގައި ހުށަހެޅުއްވުން އެދެމެވެ.
"މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ޤާނޫނެއް ޑްރާފްޓްކުރުން"
އަންދާސީ ހިސާބު ހުށަހަޅަން ވާނީ ތިރީގައި މިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018341 960+ ފެކްސް: 3018301 960+