ދިވެހިރާއްޖެ
އިޢުލާން
ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ
މި ސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ހޯދުމަށް ފުރަތަމަ ފަހަރަށް ގެޒެޓްކުރެވުނު އިޢުލާން GS146/IU/2017/38 (19 ޑިސެމްބަރ 2017) އާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޖެނުއަރީ 21 ވާ އާދިއްތަ ދުވަހުގެ 13:00 ށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޖެނުއަރީ 25 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް ބިޑް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާރޑް ގެންނެވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ބިޑް ހުށަހަޅުއްވާއިރު ގޭގެ ފްލޯ ޗާޓާއި، އިންވެންޓްރީ ހުށަހަޅަންވާނެއެވެ.
އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ރަބީޢުލްއާޚިރު 1439 ހ