މަސައްކަތް
ނަންބަރު: (IUL)GS08/2018/07
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 23 ޖަނަވަރީ 2018 11:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކަންޑަރީ ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުން

އިޢުލާން

ސެކަންޑަރީ ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުން

 މިމަރުކަޒުގެ ސެކަންޑަރީ ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2018 ޖަނަވަރީ 23 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖަނަވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

 އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކެވެ.

އަދި ދަންނަވަމެވެ. މިކަމަށް އެދި މިމަރުކަޒުންކުރި ނަމްބަރު: GS08/2017/50އިޢުލާން ބާޠިލު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

15 ޖަނަވަރީ 2018