ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)333/333/2018/2
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 23 ޖަނަވަރީ 2018 13:30
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ކީރިތިޤްރުއާނާބެހޭ  މަރުކަޒުން ކ.ތުލުސްދޫގެ  ކީރިތިޤުރުއާނާ ބެހޭ ގޮފީ ގައި ހިންގުމަށް ހަމަޖެހިފައިވާ ޤާރީކޯހުގައި ކިޔަވައިދެއްވާނެ ރިސޯސް ޤުރުއާން މުދައްރިސެއް ބޭނުންވެއްޖެއެވެ.

 

ބޭނުންވާ ޢަދަދު: 1 (އެކެއް)

މުސާރަ:     އެމް ކިޔޫ އޭ ލެވެލް 4 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ 50 މިނިޓްގެ ޕީރިއަޑަކަށް /150 ރުފިޔާ ، އެމް.ކިޔޫ.އޭ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް /200 ރުފިޔާ

ޝަރުޠު:     ޤުރުއާން މުދައްރިސް ކަމުގެ ޑިޕްލޮމާ ނުވަތަ އެއަށްވުރެމަތީސަނަދެއް ޙާޞިލްކޮށްފައިވުން.

މުއްދަތު:     ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރީމެންޓް ކުރެވޭނީ 2  މަސް ދުވަހުގެ މުއްދަތަށެވެ. 2 މަސް ހަމަވުމުން ޙާޟިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، އިތުރު 10 މަސްދުވަހަށް މުއްދަތު އިތުރު ކުރެވިދާނެއެވެ.

ވީމާ ޝަރުޠު ހަމަވާފަރާތްތަކުން 2018 ޖަނަވަރީ  23 ވާ ބުދަ ދުވަހުގެ13:30 ގެކުރިން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި އައިޑީ ކާޑްގެ ކޮޕީއަކާއިއެކު މިއިދާރާއަށް ސިޓީހުށަހެޅުއްވުން އެދެމެވެ. 

15 ޖަނަވަރީ 2018