ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: (IUL)25-A5/25/2018/01
ވަޒީފާގެ ފުރުޞަތު
މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މާޤާމް: ސީނިއަރ ޑެސްކް އޮފިސަރ |
ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2 |
ރޭންކް: އެމް.އެސް 2 |
|||||||||||
މުސާރަ:6295.00 ރ. |
ސަރވިސް އެލަވަންސް: 2000.00 ރ. |
ބޭނުންވާ އަދަދު: 1 |
|||||||||||
ސްޕެޝަލް އެލަވަންސް: މުސާރައިގެ 35% |
ގިންތި: ދާއިމީ |
މަޤާމުގެ ނަންބަރު: J-134718 |
|||||||||||
މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް |
ޑިވިޜަން/ ސެކްޝަން: ބަޖެޓް ޑިވިޜަން |
||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- މިމިނިސްޓްރީ އާއި ދިވެހިރާއްޖެއިން ބޭރުގައި ހުންނަ ރާއްޖޭގެ މިޝަންތަކުގެ ބަޖެޓް ތައްޔާރުކުރުން. 2- މިމިނިސްޓްރީއާއި މިޝަންތަކުގެ މުވައްޒަފުންގެ މުސާރަ ހެދުން. 3- ވެރިންނާއި މުވައްޒަފުން ރާއްޖޭން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ހުރުމާއި ކެއުމުގެ ފައިސާގެ ކަންތައްތަކާއި ޓިކެޓު ނެގުމުގެ ކަންތައްތައް ހަމަޖެއްސުން. 4- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އެކިކަންކަމަށް މިމިނިސްޓްރީއަށް ބޭނުންވާ ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ކަންތައްތައް ކުރުން. 5- ތިޖޫރީ ރިޕޯރޓު ހެދުން. 6- މިމިނިސްޓްރީ އާއި މިޝަންތަކުގެ ޚަރަދު ރިޕޯރޓް މަހުން މަހަށް ހެދުން. 7- ސެކްޝަނުން އެހެން ފަރާތަކަށް ފޮނުވަންޖެހޭ ސިޓީތަށް ތައްޔާރުކޮށް ފޮނުވުން. |
||||||||||||
ޝަރުޠު(ތައުލީމާއި ތަޖުރިބާ)
|
1- މަޤާމުގެ މަސައްކަތާ ގުޅޭ (ފައިނޭންސް، އެކައުންޓިން، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާންކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 3- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ 4- މަޤާގެމު މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
||||||||||||
މާޤާމް: ސީނިއަރ ޑެސްކް އޮފިސަރ |
ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2 |
ރޭންކް: އެމް.އެސް 2 |
|||||||||||
މުސާރަ:6295.00 ރ. |
ސަރވިސް އެލަވަންސް: 2000.00 ރ. |
ބޭނުންވާ އަދަދު: 1 |
|||||||||||
ސްޕެޝަލް އެލަވަންސް: މުސާރައިގެ 35% |
ގިންތި: ދާއިމީ |
މަޤާމުގެ ނަންބަރު: J-136156 |
|||||||||||
މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް |
ޑިވިޜަން/ ސެކްޝަން: އިންޑިއާ ޑިވިޜަން |
||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެ މަތިން، ރާއްޖެއާއި އިންޑިއާ އާދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ސުޕަވައިޒަރަށް އެހީތެރިވުން. 2- އިންޑިޔާއާ ގުޅުންހުރި މައްސަލަތަކުގެ ރިޕޯޓް، ބްރީފްސް، ޕޮޒިޝަން ޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުމަށް ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށްދިނުން 3- އިންޑިއާއަށް ސަފީރުން ޢައްޔަންކުރުމާއި އިންޑިއާއިން ސަފީރުން ބަލައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް 4- އިންޑިއާގައި ރާއްޖޭގެ އޮނަރަރީ ކޮންސަލުން އައްޔަންކުރުމާއި އިންޑިއާގެ އޮނަރަރީ ކޮންސަލުން ބަލައިގަތުން އަދި މިކަންކަމަށް ބޭނުންވާ ރަސްމީ ލިޔުންތައް ތައްޔާރުކުރުން 5- ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިންޑިއާގެ އިއްޒަތްތެރިންނާ ބައްދަލުކުރައްވާއިރު ބޭނުންފުޅުވާ މަޢުލޫމާތު ކަރުދާހާއި ޓޯކިންގ ޕޮެއިންޓް ތައްޔާރު ކުރުން. 6- ރާއްޖެއާއި އިންޑިއާ އާދެމެދު އިތުރަށް ގުޅުން ބަދަހިކުރުމަށް ނިންމާފައިވާ ދާއިރާތަކުން ކޯޕަރޭޝަން އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން 7- ޑިވިޜަންގެ އިސްވެރިންގެ ލަފާގެދަށުން ޑިވިޜަނާގުޅޭ ބައްދަލުވުންތަކުގައި ބައިވެރިވެ މިބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުން 8- ކޮންމެ ހަފްތާއެއްގެ ޕެންޑިންގް މައްސަލަތައް ބަލައި މިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން |
||||||||||||
ޝަރުޠު (ތައުލީމާއި ތަޖުރިބާ)
|
ނުވަތަ
ނުވަތަ
ނުވަތަ
|
||||||||||||
އިތުރު އިނާޔަތް: |
|
||||||||||||
ވަޒީފާ އަދާކުރައްވަންޖެހޭ ތަން: |
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް |
||||||||||||
ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް: (އެމް.އެސް 2) |
ތަޢުލީމާއި ތަމްރީން 45% މަސައްކަތުގެ ތަޖުރިބާ 15% ލިބިފައިވާ ހުނަރު (އިންޓަވިއު/އިމްތިހާން) 40% |
||||||||||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ http://www.foreign.gov.mv/index.php/dv/mediacentre/iulaanވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 1 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަންބަރަކީ، 3329178 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
||||||||||||
އިންޓަވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 7 ފެބްރުއަރީ 2018އާއި 20 ފެބްރުއަރީ2018 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||||||||||||
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރުމުގައި ބެލެވޭނީ ތިރީގައިމިވާ މިންގަނޑުތަކުންނެވެ.
|
||||||||||||
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
ސީނިއަރ ޑެސްކް އޮފިސަރ 35%
|
||||||||||||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304168 / 3304184 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރެއްވާނީ [email protected] އަށެވެ. |
||||||||||||
14 ޖަނަވަރީ 2018
27 ރަބީޢުލްއާޚިރް 1439