ވަޒީފާގެ ފުރުޞަތު
ނަންބަރު: TS/HR/IUL/2018/1
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 16:57
ސުންގަޑި: 23 ޖަނަވަރީ 2018 14:00
ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ތާޖުއްދީން ސްކޫލް

މާލެ،ދިވެހިރާއްޖެ

ތާރީޚް: 14 ޖެނުއަރީ 2018

                           ނަމްބަރު: TS/HR/IUL/2018/1        

ވަޒީފާގެ ފުރުޞަތު

 

 

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ

J-123793

ބޭނުންވާ އަދަދު

01 (އެކެއް) 

މަޤާމުގެ ގިންތި

ދާއިމީ  

މަޤާމުގެ ރޭންކް

ޖީއެސް 3  

މަޤާމުގެ ކުލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1     

ސެކްޝަން

އެޑްމިނިސްޓްރޭޓިވް ސެކްޝަން

މަޤާމު އޮތް އޮފީސް

ތާޖުއްދީން ސްކޫލް

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ތާޖުއްދީން ސްކޫލް / ކ. މާލެ

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އިތުރު އިނާޔަތް ތައް

  1.  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބްތައް  

 

-          ސްކޫލް ރިސެޕްޝަންގެ ޑިއުޓީ އަދާ ކުރަންޖެހޭ ވަގުތުތަކުގައި ޑިއުޓީ އަދާކުރުން. އަދި ރިސެޕްޝަނަށް އެކިއެކި ފަރާތްތަކުން ހަވާލުކުރާ ތަކެތި ބަލައިގަތުމާއިއެކު، ދަރިވަރުންނާއި ގުޅުންހުރި ތަކެތި ކިލާސްތަކަށް ފޮނުވުމުގެ މަސައްކަތް ލަސްނުކޮށް ކުރުން.

 

-          ސްކޫލަށް ލިބޭ ސިޓީފަދަ ލިޔެކިޔުންތައް ބަލައިގަތުމާއި އެންޓްރީ ކުރުން، އަދި ރަސްމީ އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް ފޮނުވުމާއި އަދި ސިޓީ، ފަދަ ލިޔުންތައް ލިޔެ ތައްޔާރުކޮށް ފޮނުވާ ފައިލްކޮށް ބެލެހެއްޓުން.

-          އެކިއެކި ކަންކަމުގައި ދަރިވަރުން ނަށް ދެވޭ ސްލިޕްތައް ލީޑިންގ ޓީޗަރުންގެ ލަފާގެ މަތިން ތައްޔާރުކޮށް ދަރިވަރުންނަށް ބެހުން އަދި އިތުރުގަޑީގެ ޓޭބަލް އަދި ޑެއިލީ ޝެޑިއުލް ކޮންމެ ދުވަހަކު ތައްޔާރުކުރުން.

 

-          ދަރިވަރުންނަށް ދެވޭ ޓެސްޓް ޕޭޕަރުތަކާއި މިނޫންވެސް ދަރިވަރުންނާއި ގުޅުންހުރި މުހިންމު ލިޔުންތައް ލީޑިންގ ޓީޗަރ ގެ ލަފާގެ މަތިން ކިލާސްތަކަށް އެޅުމާއި، ލިޔުންތައް ކިލާސްތަކަށް ފޮނުވުމުގެ މަސައްކަތް ކުރުން.

 

 

-          އެކިއެކި މުނާސަބަތުތަކާއި އެކިއެކު ހަރަކާތްތަކާ ގުޅިގެން ދަރިވަރުންނަށް ދެވޭ ސެޓްފިކެޓް ތައް ތައްޔާރު ކުރުން.

-          ސްކޫލްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

 

 -         މަޤާމުގެ ޝަރުތުތައް

 

-          އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ  ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

ނުވަތަ

-          ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު،

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 - ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.

-  މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް. (އިންޓަރވިއު ކޮށްގެން)

ހުށަހަޅަންޖެހޭތަކެތި: 

1-      ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާ އަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  

    ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް، އެމުއައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ތަކުގެ    ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިއުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

6-      ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ

8-      މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތަކުގެ ކޮޕީ

(ހ)ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ތާޖުއްދީން ސްކޫލްގެ  ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖެނުއަރީ 2018 ވާ އަންގާރަދުވަހުގެ 1400 ގެ ކުރިން، ތާޖުއްދީން ސްކޫލްގެ ކައުންޓަރަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  މެދުވެރިކޮށްވެސް    ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ 

 އެޕްލިކޭޝަން  ފޯމާއެކު  ހުށަހަޅަންޖެހޭ  ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެތަނާއި، މުއްދަތު:

އިންޓަރވިއު އޮންނާނީ 2018 ޖެނުއަރީ  24 ން 30 އާއި ދެމެދު ގެ ތާރީޚެއްގައި ތާޖުއްދީން ސްކޫލްގައެވެ.

ޝޯޓްލިސްޓް ކުރުން:

      މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު (10) އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލާ، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތައް ބަލާ ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

      މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 30%

އިތުރު މަޢުލޫމާތު ހޯދުން: އިޢުލާނާގުޅޭ މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ: 3317318ނަމްބަރު ފޯނާއެވެ.

14 ޖަނަވަރީ 2018