ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)342/INDIV/2018/3
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 22 ޖަނަވަރީ 2018 14:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ

އިޢުލާން

މި ކައުންސިލްގެ މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ

މަގާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-293801

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ރޭންކް:

ޖީ.އެސް 4

މަޤާމުގެ ގިންތި:

ވަގުތީ

ބޭނުންވާ ޢަދަދު:

1

މުސާރަ:

5,020/- ރުފިޔާ

ސަރވިސް އެލަވަންސް:

1,500/- ރުފިޔާ

އޮފީސް:

އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓިވް އެފެއަރޒް ސެކްޝަން

ތަޢުލީމާއި ތަޖުރިބާ

  1. 1.      އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަންރިސޯސް މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  1. 2.      މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. 3.      ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަންރިސޯސް މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. އެންޓްރީ ކުރުން.
  2. ކައުންސިލްގެ އިދާރީ ޔައުމިއްޔާތައް ލިޔެ ބެލެހެއްޓުން.
  3. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ބިލްތައް ފޮނުވަންޖެހޭ ދުވަހަށް ފޮނުވުން.
  4. ބިދޭސީންނާބެހޭ މަސައްކަތްތަކާއި ބިދޭސީންގެ ތަފާސްހިސާބު ބެލެހެއްޓުން.
  5. ރަސްމީ ވަފުދުތަކާބެހޭ ގޮތުންކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. ދުވަސްތަކާއި، މުނާސަބަތުތައް ފާހަގަކުރުމާއި، ސެމިނާ، ވޯކްޝޮޕް ފަދަ ޕްރޮގްރާމްތައް ހިންގުން.
  7. މަސްވެރިކަމާއި ދަނޑު ވެރިކަމާބެހޭ އެންމެހާ މަސައްކަތްކުރުމާއި ބެލެހެއްޓުން.
  8. ޞިއްޙަތާއި، އެންސްޕާ އާއި ބެހޭ އެންމެހާ މަސައްކަތް ކުރުމާއި ބެލެހެއްޓުން.
  9. ބޭންކިންގެ ޚިދުމަތާގުޅޭ މަސައްކަތް ކުރުން.
  10. ކާރިޘާތަކާއި ތިމާވެއްޓާބެހޭ މަސައްކަތް ކުރުން.
  11. ކައުންސިލްގެ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޖެނުއަރީ 2018 ވާ ހޯމަދުވަހުގެ 1400 ގެ ކުރިން، މި ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  މެދުވެރިކޮށްވެސް  އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

 

އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެތަނާއި، މުއްދަތު:

އިންޓަރވިއު އޮންނާނީ 2018 ޖެނުއަރީ  23 ން 25 އާއި ދެމެދު ގެ ތާރީޚެއްގައި މިކައުންސިލްގެ އިދާރާގައެވެ.

އުޖޫރައާއި ޢިނާޔަތްތައް

  1. އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.
  2. މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.

 

  1. ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

 

  1. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް.

 

  1. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 

(ށ) ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ތަކުގެ    ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިއުމުގެ ކޮޕީ.

 

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

 

  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 

  1. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ

 

  1. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތަކުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. ކޮމްޕިއުޓަރަށް އަހުލުވެރިވެފައި ހުރި މިންވަރު
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް
  5. ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްއަށް އަހުލުވެރިވެފައިވާ މިންވަރު

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ނަންބަރު 6660058 އަށް ގުޅުއްވުން އެދެމެވެ.

 

27 ރަބީޢުލްއާޚިރު 1439

14 ޖަނަވަރީ 2018

14 ޖަނަވަރީ 2018