ދިވެހިރާއްޖެ
އިޢުލާން
މީޓީންގ ހޯލްގެ ފިނިޝިންގ މަސައްކަތާއިބެހޭ :
މިކައުންސިލްގެ ގޯތިތެރޭގައި ޢިމާރާތް ކޮށްފައިވާ މީޓިންގ ހޯލާއި ސައި ކޮޓަރި އަދި ބަދިގެ ފާޚާނާ ސީލިންގްކުރުމާއި ކަރަންޓް ވައިރުކުރުމާއި މުށި ޖެހުމާއި ކުލަލުމުގެ މަސައްކަތްކޮށް ޢިމާރާތް ނިންމަދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ އިޢުލާން ނަންބަރ: (IUL)342/INDIV/2017/113 އެކަށީގެންވާ އިޖާބައެއް ލިބިފައިނުވަތީވެ، އެއިއުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 15 ޖަނަވަރީ 2018 ވާ ހޯމަ ދުވަހުން ފެށިގެން 23 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން މި މަސައްކަތައް ތައްޔާރުކޮށްފައިވާ ބިޑުފޮތް ގަތުމަށްފަހު 04 ފެބުރުވަރީ 2018 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13:30 އަށް އއ. މަތިވެރި ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހުޅުއްވުންއެދެމެވެ.
ބިޑުފޮތުގެ އަގަކީ 500.00ރ (ފަސްސަތޭކަ ރުފިޔާ) އެވެ. ކުރީގެ އިޢުލާނަށް ބިޑުފޮތް ގަނެފައިވާފަރާތްތަކުން މިއިޢުލާނަށް ބިޑުފޮތް ގަތުމަށް ފައިސާދައްކާކަށް ނުޖެހޭނެއެވެ.
މިމަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި އއ. މަތިވެރި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޞިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.
ބިޑުފޮތް ނުގަންނަ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ރަބީޢުލްއާޚިރު 1439
14 ޖަނަވަރީ 2018