ކުއްޔަށް ހިފުން
ނަންބަރު: GS15/2018/04
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 21 ޖަނަވަރީ 2018 10:00
ރ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މިމަރުކަޒުގެ ޕްރިންސިޕަލް ހުންނަވަން ގެއެއް ކުއްޔަށް ހިފުމާބެހޭ

2018 ވަނަ އަހަރު  މިމަރުކަޒުގެ ޕްރިންސިޕަލް  ހުންނަވަން  ގެއެއް (1 އަހަރު ދުވަހަށް) ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. މިގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތްކުރެވި ފަރުނީޗަރާއެކު މަދުވެގެން 3 ކޮޓާރިއާއި ސިޓިންގ ރޫމް އަދި ކައްކާ ކެވޭގޮތަށް ތަކެއްޗާއިއެކު ބަދިގެބަޔަކާއި ކާބައެއްގެ އިތުރުން ދޮވެ އިސްތިރިކުރެވޭނެ އިންތިޒާމް ހަމަޖެއްސޭނެ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.

ވީމާ، ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ގެ ނުވަތަ އެޕާޓްމަންޓް ކުއްޔަށް ދެއްވަން ބޭނުންފުޅުވާ އަގު ބަޔާންކޮށް ކުރެހުމަކާއެކު މިސްކޫލަށް ސިޓީހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި 6580031 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ތާރީޚް

ސިޓީ ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚް

21 ޖަނަވަރީ 2018 (އާދީއްތަ)

ގަޑި: ހެނދުނު 10:00

24 ޖަނަވަރީ 2018 (ބުދަ)

ގަޑި: ހެނދުނު 10:00

 

14 ޖަނަވަރީ 2018