މަސައްކަތް
ނަންބަރު: (IUL)438-WS/438/2018/21
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 24 ޖަނަވަރީ 2018 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
"އެމަރޖެންސީ ޕްރެޕެއަރޑްނެސް އެންޑް ރެސްޕޯންސް ފޯރ ވޯޓަރ ސެނިޓޭޝަން އެންޑް ހައިޖީން (ވޮޝް) ސެކްޓަރ" އާއި ގުޅޭގޮތުން ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންޓެއް ހޯދުމާއިބެހޭ

                     ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު                                                                          

"އެމަރޖެންސީ ޕްރެޕެއަރޑްނެސް އެންޑް ރެސްޕޯންސް ފޯރ ވޯޓަރ ސެނިޓޭޝަން އެންޑް ހައިޖީން (ވޮޝް) ސެކްޓަރ" އާއި ގުޅޭގޮތުން ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންޓެއް ހޯދުމާއިބެހޭ

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ(އެމް.އީ.އީ) އިން "އެމަރޖެންސީ ޕްރެޕެއަރނެސް އެންޑް ރެސްޕޯންސް ފޯ ވޯޓަރ ސެނިޓޭޝަން އެންޑް ހައިޖީން (ވޮޝް) ސެކްޓަރ" އާއި ގުޅޭގޮތުން ޕްލޭނެއް ތައްޔާރުކުރުމަށް ނޭޝަނަލް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއެވެ.  މިމަސައްކަތް ކުރުމަށް މިމިނިސްޓްރީއިން 08 ނޮވެންބަރު 2017 ގައި ކޮށްފައިވާ ނަންބަރު IUL)438-WS/438/2017/219)  ޢިއުލާނާއާއި ގުޅިގެން ތައްޔާރުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސްއަށް ބަދަލުތަކެއް ގެނައުމާއި ގުޅިގެން އެ ބީލަން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.

 މިގޮތުން ނޭޝަނަލް ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތަކީ ރަށްރަށުގައި ބޯފެނަށްޖެހުމުން ފުރަތަމަ ތިން ހަފްތާއާއި ހަތަރު ހަފްތާއާއި ދޭތޭރޭގައި ކަންތައްކުރާނެގޮތުގެ ރެސްޕޯންސް ސްޓްރެޓެޖީއަކާއި އޮޕަރޭޝަނަލް ޕްލޭނެއް ތައްޔާރުކުރުމެވެ.

 މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓަންޓުންނަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

 މި މިސައްކަތުގެ "ޓީ.އޯ.އާރު" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.  

ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުތު ހަމަވާ ފަރާތްތަކުން 24 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުއްވުންއެދެމެވެ.

ޕްރޮކިއުމަންޓް ޔުނިޓް 
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މާފަންނު، މާލެ،
ދިވެހިރާއްޖެ
ފޯން: +(960) 301 8300،  ފެކްސް: +(960) 301 8301
ވެބްސައިޓް: http://www.environment.gov.mv

14 ޖަނަވަރީ 2018