ޢާންމު މަޢުލޫމާތު
ނަންބަރު: GS-14/IUL/2018/05
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 12:21
ސުންގަޑި: 16 ޖަނަވަރީ 2018 12:00
ކ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ރިލީފް ޓީޗަރ ( ޕްރައިމަރީ ޓީޗަރ، ދިވެހި ޓީޗަރ، ހެލްތް އެންޑް ޕީ.އީ ޓީޗަރ )

އިޢުލާން

މުވައްޒަފުން ބޭނުންވާ މަޤާމް

މަޤާމް: ރިލީފް ޓީޗަރ ( ޕްރައިމަރީ ޓީޗަރ، ދިވެހި ޓީޗަރ،ހެލްތް އެންޑް ޕީ.އީ ޓީޗަރ )

ބޭނުންވާ ޢަދަދު: 3

ބޭނުންވާ މުއްދަތު: 3 މަސްދުވަހަށް (ކޮންމެ 3 މަހަކުން ކޮންޓްރެކްޓް އައުކުރާ އުސޫލުން)

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: ކ. އަތޮޅުތަޢުލީމީމަރުކަޒު / ކ. ތުލުސްދޫ

ޝަރުޠު: ސިވިލްސަރވިސްގެ ޤަވާޢިދުގައިވާގޮތުގެ މަތިން ތިރީގައިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

 

ޝަރުޠު

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް

* ސާނަވީ ތަޢުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

4500.00 ރުފިޔާ

1500.00 ރުފިޔާ

* މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

5500.00 ރުފިޔާ

1500.00 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކުރުން ކަމަށްވާނަމަ

6090.00 ރުފިޔާ

2500.00 ރުފިޔާ

 

ވަޒިފާގައިކުރަންޖެހޭމައިގަނޑުމަސައްކަތް: ( ދިވެހި ޓީޗަރ، ޕްރައިމަރީ ޓީޗަރ، ހެލްތް އެންޑް ޕީ.އީ ޓީޗަރ )

  1. ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގައި ކަނޑައެޅިފައިވާ މިންވަރަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމާއި، ދަރިވަރުންގެ ފިކުރީ، އިޖުތިމާޢީ، އަދި ޖިސްމާނީ ކުރިއެރުންތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމާއެކު ޤައުމާއި ދީނަށް ވަފާތެރި ކިޔަމަންތެރި އަޚުލާޤު ރަނގަޅު ދަރިންތަކެއް ބިނާކުރުމުގައި ތިމާގެ ޤާބިލްކަން ތަންދޭ އެންމެ ފުޅާދާއިރާއެއްގައި މަސައްކަތްކުރުން.
  2. ލީޑިންގ ޓީޗަރުގެ އިރުޝާދުގެ ދަށުން ޙަވާލުކުރެވޭ ކްލާސްތަކުގެ ދަރިވަރުން ކިޔަވައިދިނުމާއި އެކަމާ ގުޅޭ އެންމެހާ ކަންކަން.
  3. ދަރިވަރުންގެ ޢިލްމީ ޤާބިލްކަން އިތރުރުކުރުމަށް އިންތިޒާމްކުރެވޭ އިތުރު ޙަރަކާތްތައް ކުރިއަށް ގެންދިއުން.
  4. ދަރިވަރުންގެ ސުލޫކީ މިންގަނޑުގައި ބޭތިއްބުމަށް ކަނޑައެޅިފައިވާ އުޞޫލްތައް ތަންފީޒުކުރުމުގައި އެއްބާރުލުން.
  5. މީގެ އިތުރުން ވަޒިފާ ބަޔާނުގައި ކަނޑައެޅިފައިވާ މަސައްކަތްތައް ޤަވާޢިދާ އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

        މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި އެ މާއްދާ އަކާއި ގުޅޭގޮތުން ދަރިވަރުންނަށްދޭ ތަޢުލީމާއި ތަމްރީނު ހޯއްދަވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ކިޔަވައިދިނުމުގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ޤާބިލް ފަރާތްތަކަށްވެސް އިސްކަންދެވޭނެ ވާހަކަ ދެންނެވީމެވެ.

 ސުންގަޑި:

     ޝަރުތު ހަމަވާ ފަރާތްތަކުން 2018 ޖަނަވަރީ 16 ވާ އަންގާރަވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މިސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚް:

      މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2018 ޖެނުއަރީ 17 އާއި 2018 ޖެނުއަރީ 18 އާ ދެމެދު މިމަރުކަޒުގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚުތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭފޯމް. ( ވަޒީފާއަށް އެދޭފޯމް ސްކޫލް އޮފީހުން ލިބެންހުންނާނެއެވެ.)
  • ސިވިލްސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދީފައިވާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ 
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތުހަމަނުވާ ސާފު ކޮޕީއެއް
  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް ހުށަހަޅާ ފޯމްގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އަދި އެކަން ކަށަވަރު ކުރާނީ އިންޓަރވިއުއަށް އެމީހަކު ހާޒިރުވާއިރު އެލިޔުންތަކުގެ އަސްލުގެނެސް ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަމަށް ކަށަވަރުކޮށްގެންނެވެ. އިންޓަރވިއު އޮންނާނެ ގަޑި ފޯނުން ދެންނެވޭނެ ވާހަކަ މަޢުލޫމާތަށްޓާކައި ދެންނެވީމެވެ.

             

11 ޖަނަވަރީ 2018