ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2018/8
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި: 18 ޖަނަވަރީ 2018 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
40’ x 80’ ބާޖަކާއި، 350 ކްލާސް އެސްކެވޭޓަރަކާއި، 10 ޓަނުގެ ޑަމްޕްލޮރީއެއް ކ.ތިލަފުށި 3 އިން ތ.ވިލުފުއްޓަށް ގެނެސްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި  މިނިސްޓްރީއަށް ކ.ތިލަފުށި 3 އިން 40’ x 80’ ގެ ބާޖަކާއި، 350 ކްލާސް އެސްކެވޭޓަރަކާއި، 10 ޓަނުގެ ޑަމްޕްލޮރީއެއް ތ.ވިލުފުއްޓަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ : (IUL)138-AS6/1/2018/3 (3 ޖަނަވަރީ 2018) އިޢުލާނާއި ގުޅިގެން އެކްށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖަނަވަރީ 15 ވާ ހޯމަ ދުވަހުގެ 12:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖަނަވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.       

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ޖަނަވަރީ 15 ވާ ހޯމަ ދުވަހުގެ 13:00 އިން ފެށިގެން 2018 ޖަނަވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. 

11 ޖަނަވަރީ 2018