ވަޒީފާގެ ފުރުޞަތު
ނަންބަރު: GS52/IUL/2018/09
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 21 ޖަނަވަރީ 2018 14:00
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ބަސް ޑްރައިވާރ

މަޤާމް:

ބަސް ޑްރައިވާރ 

 

ބޭނުންވާ އަދަދު:

03

 

މަޤާމުގެ ގިންތި:

ވަގުތީ/ ކޮންޓުރެކްޓް އެންޕުލޮއިމެންޓް

 

ސެކްޝަން:

އެކަޑަމިކް

 

މަޤާމް އޮތް އޮފީސް:

ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް/ ލ.ގަން

 

މުސާރަ:

-/2500 (ދެހާސް ފައްސަތޭކަ ރުފިޔާ)

 

ސަރވިސް އެލެވަންސް:

-/50 ރުފިޔާ މަސައްކަތު ނިކުންނަ (ރަސްމީ ދުވަސްތަކު) ކޮންމެ ދުވަހަކު

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހިރާއްޖޭގެ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ޤަވާޢިދާ އެއްގޮތަށް ބަސްޑްރައިވަރުގެ އަމަލުތައް ހުރިހާ ވަގުތެއްގައިވެސް ބެހެއްޓުން.
  2. ބަހުގައި ދަރުތުކުރާ އެންމެހާ ފަރާތްތަކާއި މުޢާމަލާތު ކުރަންވާނީ ރީތި ބަހުންނެވެ.
  3. ބަހުގެ ޑްރައިވަރު ބަހުގައި ދަތުރުކުރާ ވަގުތުތަކުގައި އަބަދުވެސް ހުންނަން ވާނީ އެކަށީގެންވާ ހެދުމެއްގައެވެ.
  4. ސްކޫލްގެ ރަސްމީ ކިޔެވުން އޮންނަ ދުވަސްތަކާއި ކިޔެވުން ނޯންނަ ދުވަސްތަކުގައި ސްކޫލުން ހަމަޖައްސާ ވަގުތުތަކަށް ގަޑިއަށް ދަރިވަރުން / ބެލެނިވެރިން ސްކޫލަށް ގެނައުމާއި، ގެންގޮސްދިނުން.
  5. ދަރިވަރުން/ބެލެނިވެރިން ބަހަށް އެރުމުގެ ކުރިން ޑްރައިވަރުމީހާ ބަހުގެ ހާލަތު (ޑިސަލް ހުރިތޯ، އަޑީތެޔޮ ހެޔޮ މިންވަރަށްހުރިތޯ، ސްޓާޓުވޭތޯ، ޓަޔަރުތަކުގެ ޙާލަތާއި މިނޫނަސް ރައްކާތެރިކަމުގެ ގޮތުން ބަލަންޖެހޭ އެހެންވެސް ކަންކަން ) ރަގަޅުތޯބަލާ ޗެކުކުރުން.
  6. ޤަވާޢިދުން ސްކޫލުން ހަމަޖައްސާ ގޮތެއްގެމަތިން ބަހުގެ ޑީސަލް އެޅުމާއި، ބަހުގެ އަޑީތެޔޮ ބަދަލުކުރުމާއި މަރާމާތުގެ މަސައްކަތްތައް ކުރުމުގައި ސްކޫލުން އަންގާގޮތަކަށް މަސައްކަތްކުރުން.
  7. ދަރިވަރުން/ބެލެނިވެރިން ބަހަށް އެރުމުގެ 10 މިނެޓްކުރިން ބަހަށް އަރާހުރުން
  8. ބަހަށް އަރާ ދަރިވަރުން/ ބެލެނިވަރިންގެ ސަލާމަތާއި ރައްކާތެރިމަށް ބަލައިގެން ބަސް ދަތުރުކުރުން.
  9. ބަހަށް ލިބެމުންދާ ގެއްލުންތައް ދުވަހުން ދުވަހަށް ސްކޫލް އިދާރާއިން ހަމަޖައްސާފައިވާ ފަރާތަކަށް އެންގުން.
  10. ކުއްލިއަކަށް މަރާމާތު ކުރަންޖެހޭ ފަދަ ކަމެއް ދިމާވެއްޖެނަމަ އެފަދަކަންކަން އެހެން ފަރާތެއް މެދުވެރިކޮށް ޙައްލުކުރެވެންދެން ސްކޫލުފަރާތުން ބަހުގެ ކައިރީގައި ވަގުތު ހޭދަކުރުން، ނުވަތަ އިދާރާއިން ހަމަޖައްސާގޮތެއްގެމަތިން އެމަސައްކަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން .
  11. ކޮންމެ ދުވަހަކު މަދުވެގެން 01 ފަހަރު ބަހުގެ އެތެރެ ރީއްޗަށް ޝީޓުތަކާއިއެކު ވެއްޔާއި ހިރަފުސްފޮޅާ ސާފުކުރަންވާނެއެވެ.
  12. ކޮންމެ ހަފްތާ އަކު މަދުވެގެން 02 ދުވަހު ބަހުގެ ބޭރަށް ރީއްޗަށް ފެންޖަހާ ހިރަފުސް ދުއްވުމަށްފަހު ބިއްލޫރިތައް ރީއްޗަށް ގްލާސް ކްލީނަރ ލައިގެން ފޮހެ ސާފުކުރަންވާނެއެވެ.
  13. އަދި ބަހުގެ ޝީޓްތައް މަދުވެގެން މަހަކު އެއްފަހަރު ޝީޓް ޕޮލިޝް ކިޓް ކާއްތާ ރީއްޗަށް ސާފުކުރަންވާނެއެވެ.
  14. ބަސް ދަތުރުކުރަމުން ދަނިކޮށް ދަރިވަރުން/ބެލެނިވެރިންގެ ފަރާތުން ކަމެއް ހިނގައިފިނަމަ އެކަމެއް ހައްލުކުރުމަށް މަސައްކަތް ކުރުމާއިއެކު ކަމުގެ މައުލޫމާތު ލަސްނުކޮށް ސްކޫލްގެ އިދާރާއަށް އެންގުން.
  15. ބަސްޑްރައިވަރުންނަކީ ކޮންޓްރެކްޓް އުސޫލުން ސްކޫލުގައި ގެންގުޅޭ މުވައްޒަފުން ކަމުގައިވާތީ ސްކޫލުން އެދިއްޖެނަމަ ސްކޫލުން ރާވާ ހިންގާ ކަންކަމުގައި ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ބަސް ނުވަތަ އެކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން.
  2. ދިވެހިރައްޔިތަކު ކަމުގައިވުން.
  3. ބަސް ނުވަތަ އެކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގައި މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  4. އުމުރުން 65 އަހަރު ފުރިފައި ނުވުން.
  5. އަޚުލާޤީ ގޮތުން ރަނގަޅު މީހަކު ކަމުގައިވުން.
  6. ވޭތުވެދިޔަ 05 އަހަރު ޝަރީޢަތައް ޖިނާއީ މައްސަލައެއް ސާބިތުވެ، ހުކުމެއް ކޮށްފައިވާ މީހަކު ކަމުގައިނުވުން.

 

 

 

 

 

 

 

 

 

 

 

 

 

 

 

    1. ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ބަސް ނުވަތަ އެކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

ވަޒީފާއަށް އެދޭ ފޯމް ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ޖެނުއަރީ 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ސްކޫލް އޮފީހަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

 

 

   

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  21 ޖެނުއަރީ 2018 އާއި 23 ޖެނުއަރީ 2018   އާ ދެމެދު، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު  10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

 އިތުރު މަޢުލޫމާތު ހޯދުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

     

 

 

       11 ޖެނުއަރީ 2018

11 ޖަނަވަރީ 2018