ކުއްޔަށް ދިނުން
ނަންބަރު: (IUL)393/393/2018/1
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:37
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫ ޖެޓީގެ އިރުއުތުރު ރުއްގަނޑު ކުއްޔަށް ދިނުން

އިޢުލާން

 ކިނބިދޫ ޖެޓީގެ އިރުއުތުރު ރުއްގަނޑު ކުއްޔަށް ދިނުން

ކިނބިދޫ ޖެޓީގެ އިރު އުތުރު ފަރާތުގައިވާ ރައްޔިތުންގެ ރުއްގަނޑު( ފޯދިފައިވާ 10 ރުއް ) ސިޓީލާ ނީލަމުގައި ކުއްޔަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭނީ -/200 ރުފިޔާ އިންނެވެ. އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު -/50 ރުފިޔާއެވެ.

            ވީމާ، އެއްމެ މަތީއަގެއް ހުށަހެޅުއްވި ފަރާތެއްގެ އަގު ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ގައި ކައުންސިލްގެ އިދާރާގެ ނޯޓިސް ބޯޑުގައި ޢާންމު ކުރެވިފައި އޮންނާނެއެވެ. އެކަށީގެންވާ އަގެއް ޖެހިގެން 3 ދުވަހު އޮވެއްޖެނަމަ އެއަގެއް ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

11 ޖަނަވަރީ 2018