މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ނަންބަރ
|
J-220581
|
ރޭންކް
|
ޖީ.އެސް. 3
|
ކްލެސިފިކޭޝަން
|
އޮފިސަރ ޤްރޭޑް 1
|
މަޤާމްގެ ގިންތި:
|
ދާއިމީ
|
ސެކްޝަން / ޔުނިޓް
|
ކޯޕަރޭޓް އެފެއާޒް
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް
|
މިލަދުން މަޑުލުދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާ
|
މުސާރަ:
|
4465.00 ރުފިޔާ
|
ސަރވިސް އެލަވަންސް
|
1500.00 ރުފިޔާ
|
އިތުރު އިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- މީގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އޮފީހަށް އަންނަ ލިޔެކިޔުންތައް އެންޓްރީކުރުމާއި ޒިންމާދާރު އިސްވެރިޔާ ބެލުމުގެ ދަށުން ޝެކްޝަންތަކާ ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކޮށްފައި އޮފީހުން ފޮނުވަންޖެހޭ ތަކެތި ފޮނުވުން.
- މުވައްޒަފުންގެ ހާޟިރިއާއި ޗުއްޓީ ރިކޯޑްބަލަހަށްޓައި އޮފީހުގެ ތިޖޫރި ބެލެހެއްޓުމުގެ އިދާރީކަންކަން ކުރުން.
- އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ޒޯން ޑުރައިވިން ލައިސަންސް އަދި އެއްގަމު އުޅަނދުތަކުގެ ރޯޑްވާދިނަސް، ކަނޑުގައި ދުއްވާ އުޅަނދުތަކުގެ ސަލާމަތީ ސެޓްފިކެޓް ހަދައިދިނުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
- ރައްޔިރުންނަށް ވެލި،ގައު، އަކިރި ދޫކުރުމާބެހޭ ކަންތައްތައް ބަލަހައްޓައި، ރުއް ލަކުޑި ކެނޑުމާއި ފަޅުރަށްރަށާއި ހިންނަ ފަދަ ތަންތަން ބެލެހެއްޓުން.
- ކައުންސިލް އިދާރާގެ މަޤާމެއް ހުސްވެއްޖެނަމަ ޒިންމާދާރު އިސްވެރިޔާގެ ލަފާގެމަތިން މުވައްޒަފުން ނެގުމުގެ އިދާރީ މަސައްކަތް ކުރުން
- ކަންސިލް އިދާރާގެ ކޮންމެ ދުވަހެއްގެ ޔައުމިއްޔާ ޤަވައިދުންލިޔެ އަދި ކައުންސިލް ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން.
- އެޗް.އާރ އެމްޑީ ކޮމެޓީއާއި ބެހޭ އިދާރީ އެންމެހާ މަސައްކަތް ކުރުން
- ކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
|
|
|
ޝަރުތު:
|
1- ހިޔުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ އޮފީސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2- ސާނަވީ އިމްތިޙާނުގައި ދައްވެގެން 2 މާއްދާއިން 'ޑީ' ގުރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.
|
ވަޒީފާގެ އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލެވޭނެކަންތައްތައް
(%) އިންސައްތަ
|
ދެވޭނެ އެންމެމަތީ މާކްސް
|
ބެލޭނެ ބައިތައް
|
ދާއިރާ
|
25.5
|
60
|
ލިބިފައިވާ އިތުރު ތަޢުލީމް
|
ތަޢުލީމާއި ތަމްރީނު
|
12.5
|
30
|
ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން
|
5
|
12
|
ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން
|
އިމްތިޙާން
|
10
|
23
|
ވަޒީފާއާގުޅޭ ތަޖުރިބާ
|
މަސައްކަތުގެ ތަޖުރިބާ
|
4
|
10
|
އެހެނިހެން ތަޖުރިބާ
|
43
|
100
|
އިންޓަވިއު / ޕްރެކްޓިކަލް
|
ލިބިފައިވާ ހުނަރު
|
100
|
235
|
ޖުމްލަ
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން18 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 14:00ގެ ކުރިން މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާއަށް ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރ 6560018 ފޯނާ ގުޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަންއާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެތަނާއި މުއްދަތު
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 21 ޖަނަވަރީ 2018 އާއި 28 ޖަނަވަރީ 2018 އާއި ދެމެދު މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެން ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. ( މިފަދަ ސެޓްފިކެޓްތްއް އެކުރެޑިޓް ކުރަން ނުޖެހޭނެއެވެ. )
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
އިތުރު މަޢުލޫމާތު: އިތުރުމަޢުލޫމާތު ސާފްކުރުމަށް ގުޅާނީ 6560018 ނަންބަރު ފޯނާއެވެ.
|