ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)438-GCF/438/2018/6
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 01 ފެބުރުވަރީ 2018 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓްގެ ބޭނުމަށް ތިރީގައިވާ ބަޔާންކުރެވިފައިވާ ސޮފްޓްވެއަރތައް (ލައިސަންސާއެކު) ގަތުމަށް ބޭނުންވެއެވެ. ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޢަދަދު

ސޮފްޓްވެއަރ

ލައިސަންސްގެ ބާވަތް

7

މައިކްރޯސޮފްޓް ޕްރޮޖެކްޓް 2016

ސްޓޭންޑް އެލޯން ލައިސަންސް

4

ކޮރެލް ޑްރޯ ގްރެފިކްސް ސުއިޓް 2017

ސްޓޭންޑް އެލޯން ލައިސަންސް

3

އޮޓޯ ޑެސްކް އޮޓޯ ކެޑް 2018

3 އަހަރުގެ ސަބްސްކްރިޕްޝަން

1

އެޑޯބް ފޮޓޯޝޮޕް ސީސީ

ސްޓޭންޑް އެލޯން ލައިސަންސް

ހުށަހަޅަންވީ ތަކެތި

  • މި މިނިސްޓްރީއަށް ސޮފްޓްވެއަރ ވިއްކޭނެ އަގު (ކޮންމެ ސޮފްޓްވެއަރ އެއްގެ އަގު ވަކިން އެނގޭ ގޮތަށް) (ޖީ.އެސް.ޓީ ހިމަނައިގެން)
  • ސޮފްޓްވެއަރ ސަޕްލައި ކޮށްދިނުމަށް ނަގާނެ މުއްދަތު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

މި ބީލަމަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު 

އަގަށް:  70ޕޮއިންޓު   

މުއްދަތު: 15 ޕޮއިންޓު

ތަޖުރިބާ: 15 ޕޮއިންޓް

  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ ކޮށްފައިވާ މަސައްކަތަށް، މަސައްކަތް ކުރުވިފަރާތުން ދީފައިވާ ލިޔުމަށްބަލައި (ޖުމްލަ 15 ޕޮއިންޓް)

- ވޭތުވެދިޔަ 07 އަހަރުގެ ތެރޭގައި 100,000/-ރ (އެއް ލައްކަ) ދިވެހި ރުފިޔާ އަށްވުރެ މަތީގެ މަސައްކަތެއް ކޮށްފައިވާ ކަމުގެ ލިޔުން (މަސައްކަތް ނިންމި ކަމުގެ ލިޔުން) ހުށަހަޅާފައިވާނަމަ، ހުށަހަޅާފައިވާ ކޮންމެ ލިޔުމަށް، 03 ޕޮއިންޓް ލިބޭނެއެވެ.

- ވޭތުވެދިޔާ 07 އަހަރުގެ ތެރޭގައި 100,000ރ (އެއް ލައްކަ) ދިވެހި ރުފިޔާ އަށްވުރެ ދަށުގެ މަސައްކަތެއް ކޮށްފައިވާ ކަމުގެ ލިޔުން (މަސައްކަތް ނިންމި ކަމުގެ ލިޔުން) ހުށަހަޅާފައިވާނަމަ، ހުށަހަޅާފައިވާ ކޮންމެ ލިޔުމަށް، 02 ޕޮއިންޓް ލިބޭނެއެވެ.

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 ފެބްރުއަރީ 1ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް  އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2018 ފެބްރުއަރީ 1 ވަނަ ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ

ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،

ގްރީން ކްލައިމެޓް ފަންޑް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 960 3018300+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

 ނޯޓް:

  • މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018300 / 3018318 ނަންބަރު ފޯނަށެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
11 ޖަނަވަރީ 2018