ދިވެހިރާއްޖެ
މިރަށު ފެރީޓާމިނަލުގެ އިރުމަތިފާރާތުގައި ކުރިން ހޮޓަލެއްހިންގަމުން ދިޔަ އިމާރާތް ކުއްޔަށް ދޫކުރަން ކުރި މިއިދާރާގެ ނަންބަރ IUL)407/407/2017/34) އިއުލާނާ ގުޅިގެން ހުށެހެޅިފައިވާ އެސްޓިމޭޓްތަކުގެ މައުލޫމާތް ފުރިހަމަ ނުވުމުގެ ސަބަބުން އެއިއުލާން ބާތިލްކޮށް، އަލުން މިއިމާރާތް ކުއްޔަށް ހިފާނެ ފަރާތެށް ހޯދުމަށް އިއުލާން ކުރަމެވެ.
ވީމާ، ހޮޓަލެއްހިންގުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 22 ޖެނުއަރީ 2018 ވާ ހޯމަ ދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރުމަށް ފަހު 25 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ މިއިރާތް ކުއްޔަށް ނެގުމަށް ބޭނުންވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އާންމުކޮށް އަންގާ އިޢުލާން ކުރީމެއެވެ. އަދި ދަންނަވަމެއެވެ. މަޢުލޫމާތުކަރުދާސް ނުނަންގަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
11 ޖެނުއަރީ 2018