މަސައްކަތް
ނަންބަރު: (IUL)312-MS/312/2018/1
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 16 ޖަނަވަރީ 2018 10:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން ކްލާސް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޤުރްއާން ކުލާހުގެ ބައެއް މަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި  ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިއުލާން ނަންބަރ 66(IUL)312-A S/312/2017/28) ޑިސެމްބަރ 2017) އިޢުލާނާއި ގުޅިގެން ހުށައެޅިފައިވާ އަންދާސީ ހިސާބުތަކުގެ އަގުތަށް ބޮޑުކަމަށް ފެންނާތީވެ އެއިޢުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑި ތަކަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް ފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

 

  • މަޢުލޫމާތު ދިނުމުގެ ސެޝަން: 16 ޖެނުއަރީ 2018ވާ އަންގާރަ ދުވަހުގެ 10:00 އަށް ރ.ކިނޮޅަހު ޤުރްއާން ކުލާހުގައި
  • އަންދާސީ ހިސާބު ހުށަހެޅުން: 21 ޖެނުއަރީ 2018ވާ އާދީއްތަ ދުވަހުގެ 10:00 އަށް ކޮމިއުނިޓީ އީސެންޓަރުގައި

 

މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ހާޒިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަން ޖެހިލައްވާނެއެވެ، އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީ އާއެކު ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

 

މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރުގައި "ރ.ކިނޮޅަހު ޤުރްއާން ކުލާސް މާރާމާތު މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

 

އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ.

10 ޖަނަވަރީ 2018