މަސައްކަތް
ނަންބަރު: (IUL)13-K/13/2018/1
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 31 ޖަނަވަރީ 2018 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޅ. މާފިލާފުށި ގައި ތިއްބަވާ އެމް.އެން.ޑީ.އެފް ބޭފުޅުންނަށް ކައްކާ ކާންދިނުމުގެ މަސައްކަތް އަދި ހދ. ހަނިމާދޫގައި ތިއްބަވާ އެމް.އެން.ޑީ.އެފް ބޭފުޅުންނަށް ކައްކާ ކާންދިނުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓިގެ އެދިލެއްވުމުގެ މަތިން، ތިރީގައިވާ ތާވަލުގައިވާ ފަރާތްތަކަށް ކައްކާ ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.  

މަސައްކަތް

ޕްރޮޖެކްޓް ނަންބަރ

ޅ. މާފިލާފުށި ގައި ތިއްބަވާ އެމް.އެން.ޑީ.އެފް ބޭފުޅުންނަށް ކައްކާ ކާންދިނުން

TES/2018/CA-001

ހދ. ހަނިމާދޫގައި ތިއްބަވާ އެމް.އެން.ޑީ.އެފް ބޭފުޅުންނަށް ކައްކާ ކާންދިނުން

TES/2018/CA-002

2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  2018 ޖަނަވަރީ 14 އިން 2018 ޖަނަވަރީ 31 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:00އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.  

3. މި ޕްރޮޖެކްޓުތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ފެބުރުވަރީ 1 ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވުންއެދެމެވެ.

4. ބިޑް ހުޅުވުން އޮންނާނީ 2018 ފެބުރުވަރީ 12 ވާ ހޯމަ ދުވަހުގެ 11:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

5. މި ޕްރޮޖެކްޓުތަކާއި ގުޅޭ އެންމެހާ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mvއިން 2018 ޖަނަވަރީ 14 އިން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

6. މިޕްރޮޖެކްޓުތައް ކާމިޔާބުކުރާ ފަރާތްތަކުން ކައްކާ ކާންދިނުމުގެ ކަންތައްތައް އިންތިޒާމް ކުރަންޖެހޭނީ އެރަށެއްގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

7. ހުށަހަޅާ އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްޞީލް މިޕްރޮޖެކްޓުތަކުގެ ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން : 3349106  3349296

އީ-މެއިލް: [email protected]

ކޮޕީ : [email protected]  

10 ޖަނަވަރީ 2018