ޢާންމު މަޢުލޫމާތު
ނަންބަރު: (ILU)GS08/2018/06
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި:
25 ޖަނަވަރީ 2018 14:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2018 ވަނަ އަހަރު މިމަރުކަޒުގެ މަތީޘާނަވީއަށް ކިޔެވުމުގެ ފުރުޞަތު
އިޢުލާން
2018 ވަނަ އަހަރު މިމަރުކަޒުގެ މަތީޘާނަވީއަށް ކިޔެވުމުގެ ފުރުޞަތު
މިސްކޫލުގެ ގްރޭޑް 11 ގައި ކިޔެވުމުގެ ފުރުޞަތު ތިރީގައިމިވާ ޝަރުތުތައް ފުރިހަމަވާ ދަރިވަރުންނަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
- ތަޢުލީމީ ޝަރުތުތައް:
- އައިޖީ.ސީ.އެސް.އީ އާއި ޖީ.ސީ.އީ. އޯ-ލެވެލް، އަދި އެސް.އެސް.ސީ އިމްތިޙާނުތަކުގެ މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން. މި 3 މާއްދާގެ ތެރޭގައި ބިޒްނަސް ސްޓްރީމް ( އިކޮނޮމިކްސް، އެކައުންޓިން، ބިޒްނަސް ސްޓަޑީޒް/ކޮމާރސް) ގެ 1 މާއްދާ އިން ފާސްވެފައިވުން.
- އައިޖީ.ސީ.އެސް.އީ އާއި ޖީ.ސީ.އީ. އޯ-ލެވެލް، އަދި އެސް.އެސް.ސީ އިމްތިޙާނުތަކުގެ މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން. މި 3 މާއްދާގެ ތެރޭގައި ސައިންސް ސްޓްރީމް ( ފިޒިކްސް، ކެމިސްޓްރީ، ބައިލޮޖީ ) ގެ 1 މާއްދާ އިން ފާސްވެފައިވުން.
- މާއްދާއަކުން ފާސްވެއްޖެކަމަށް ބެލެވޭނީ ގްރޭޑް B ,A ,A* ނުވަތަ C ލިބިގެން.
- މާއްދާއަކުން ފާސްވެއްޖެކަމަށް ބެލެވޭނީ ގްރޭޑް B ,A ,A* ނުވަތަ C ލިބިގެން.
- މަތީޘާނަވީ ފެންވަރަށް ކިޔެވުމުގެ ފުރުޞަތުދިނުމުގައި ބަލާނީ ފާއިތުވި 2 އަހަރުގެ އައި.ޖީ.ސީ.އެސް.އީ އާއި ޖީ.ސީ.އީ. އޯ-ލެވެލް، އަދި އެސް.އެސް.ސީ އިމްތިޙާނުގެ ނަތީޖާއަށް.
- އިތުރު ޝަރުޠުތައް:
- ރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ ޚިލާފުވެފައިވާ، ނުވަތަ ޝަރުޢީ މައްސައެއްގައި ޙުކުމެއް އިއްވާފައިވާ ކުއްޖެއްކަމުގައި ނުވުން.
- އެންމެފަހުން ދަރިވަރު ތަޢުލީމު ޙާޞިލްކުރިސްކޫލްގައި ރަނގަޅު އަޚްލާޤީ ރެކޯރޑެއް އޮތުން.
- ހިނގަމުންދާ އަހަރުގެ ޖޫން މަހުގެ 1 އަށް 19 އަހަރު ފުރިފައި ނުވުން.
- ކައިވެންޏެއްކޮށްފައި ނުވުން.
- މަތީ ޘާނަވީ ފެންވަރަށްކިޔެވުމަށް މީގެކުރިން ސަރުކާރު ސްކޫލެއްގައި ރަޖިސްޓްރީވެފައި ނުވުން.
މިމަރުކަޒަށް ގްރޭޑް 11 އަށް ވަނުމަށް އެދޭ މިދެންނެވި ޝަރުޠުތައް ފުރިހަމަވާ ދަރިވަރުންނަށް ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 11 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުން ފެށިގެން 25 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ.
10 ޖަނަވަރީ 2018