ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު: ނަންބަރ:GS-188/IL/2018/02
މަޤާމް: ރިލީފް ޓީޗަރ (ސެން )
ބޭނުންވާ އަދަދު: 1
ސެކްޝަން: އެކަޑަމިކް
ގިންތި: ކޮންޓްރެކްޓް
މުއްދަތު: 3 މަސް ދުވަސް
އޮފީސް: މުންޑޫ ސްކޫލް ، ލ.މުންޑޫ
ޝަރުތު:
1. ސާނަވީ ތަޢުލީމު ޙާޞިލްކޮށްފައިވުން. ނުވަތަ
2. މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން. ނުވަތަ
3. ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން
ރިލީފް ޓީޗަރުންގެ އުޖޫރަ
މުވައްޒަފަށް އުޖޫރަ ދެވޭނީ، މުވައްޒަފުގެ އެންމެ މަތީ ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ އުޖޫރައެވެ.
މުވައްޒަފުގެ އެންމެ މަތީ ތަޢުލީމީ ފެންވަރަކީ |
މުސާރަ (މަހަކު) |
ސަރވިސް އެލަވަންސް (މަހަކު) |
ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ |
4500.00 |
1500.00 |
މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ |
5500.00 |
1500.00 |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ
|
6090.00 |
2500.00 |
މަޤާމުގެ މަސްޢޫލިއްޔަތު:
|
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް - ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން - ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން |
އިންޓަރވިއުކުރުން * މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ އިޢުލާންގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން، ރަސްމީ 2 ދުވަހުގެ ތެރޭގައެވެ. |
ހުށައަޅަންޖެހޭ ލިޔުންތައް * ވަޒީފާއަށް އެދިހުށަހަޅާ ފޯރމު * ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ * ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ކޮޕީ * ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: ވަޒީފާއަށް އެދޭ ފޯމު މި ސުކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި ސިވިލް ސަރވިސް ކޮމިޝަނުގެ (www.csc.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (2018 ޖަނަވަރީ 15) ވާ (ހޯމަ) ދުވަހުގެ (12:00) ގެ ކުރިން، މުންޑޫ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، ([email protected])އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. ނޯޓް: މިއިޢުލާނާއި ގުޅިގެން މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެމަތީމާރކްސްލިބޭ، އަދި އެންމެ ޤާބިލްކަމަށްފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރ: 6800741/7532152 ފޯނާއި ގުޅުއްވުން އެދެމެވެ. |
10 ޖަނަވަރީ 2018