ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރު: 04 /198A/2018 |
||
ތާރީޚް: 09 ޖަނަވަރީ 2018 |
|||
|
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ރޭންކް: ޖީ.އެސް 3 |
|
ޢަދަދު |
1 |
|
|
މަސައްކަތްކުރަންޖެހޭ ތަން |
އދ.އޮމަދޫ މެޖިސްޓްރޭޓް ކޯޓު |
|
|
އަސާސީ މުސާރަ |
-/4465 ރުފިޔާ |
|
|
އެލަވަންސް |
-ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20 -ސަރވިސް އެލަވަންސް: -/1,500 -ލިވިންގ އެލަވަންސް:-/ 2،550 - ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ. |
|
|
އަސާސީ ޝަރުޠު
|
1- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއިއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުން، ނުވަތަ 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއިއެކު،GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
|
މަޤާމުގެ މައިގަނޑު މަސައްކަތްތައް |
1. ހަމަޖެހިފައިވާ ޢުޞޫލުން ކޯޓު ހުޅުވައި ލެއްޕުން. 2. އެންޓްރީ ކުރުމާއި، ޔައުމިއްޔާ ލިޔުމާއި، އިދާރީ ކަންކަމާގުޅޭގޮތުންނާއި ކޯޓުގެ ޤަޟިއްޔާތަކާއި ގުޅިގެން އެހެނިހެން ކޯޓުތަކަށާއި އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ/ މެސެޖް ލިޔެ ފޮނުވުމާއި، ކޯޓަށްލިބޭ އިލެކްޓްރޯނިކް މެއިލްތައް ބަލައިގަތުމާއި، ކޯޓަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން. 3. މުވައްޒަފުންނާއި ވެރިންގެ ޙާޟިރީއާއި، ޗުއްޓީއާގުޅޭ ރެކޯޑުތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކުރުމާއި، މުވައްޒަފުންގެ ރެކޯޑް ފައިލް ބެލެހެއްޓުމާއި، މުވައްޒަފުންގެ ވަޒީފާއާބެހޭ އެހެނިހެން މަސައްކަތްތައް ކުރުން. 4.ކޯޓަށް ލިބޭ ފައިސާއާއި ކުރާ ޚަރަދުތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ފައިސާ އާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ތިޖޫރީ ބެލެހެއްޓުމާއި، ކޯޓްގެ އެކައުންޓް ބެލެހެއްޓުން. 5.ކޯޓުގެ ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުމާއި، ކޯޓަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 6. ކޯޓުގެ ތަފާސްހިސާބާގުޅޭގޮތުން ހަދަންޖެހޭ ހަފްތާ ރިޕޯޓާއި މަސްދުވަހުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން. 7. ތާވަލުކުރެވޭ ޝަރީޢަތްތަކުގެ އަމުރުތައްޔާރުކޮށް ހަމަޖެހިފައިވާ އުސޫލުން ކޯޓްއަމުރު ބަހާމުވައްޒަފާއި އަމުރު ޙަވާލުކޮށް، އަމުރު ރައްދުކުރުން ކުރިއަށްދާގޮތް ބެލެހެއްޓުން. 8. ޝަރީޢަތަށް ޙާޟިރުކުރެވޭ ފަރާތްތައް ޝަރީޢަތަށް ވެއްދުމުގެ އެންމެހައި އިންތިޒާމްތައް މެޖިސްޓްރޭޓުގެ އިރުޝާދާއެކު ކުރުމާއި، ޝަރީޢަތަށް ހާޒިރުވާމީހުން ޢަމަލުކުރަންޖެހޭ ގޮތްތައް ކިޔައިދިނުމާއި، ޝަރީޢަތުގެ މަޖިލީހުގައި ކަންތައްތައް ދިމާވާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މެޖިސްޓްރޭޓުންގެ އިރުޝާދާއެކު އެޅުން. 9. އެކިއެކި ކަންކަމުގައި މަޢުލޫމާތު ސާފުކުރުމަށް ކޯޓަށް ހާޒިރުވާ ފަރާތްތަކުން ހޯދަން އެދޭ މަޢުލޫމާތު ކޯޓުގެ ގަވާއިދުތަކާ އެއްގޮތަށް ފޯރުކޮށްދިނުން. 10. ޝަރީޢަތާއި ގުޅިގެން ލިޔަންޖެހޭ ބަޔާންތައް ލިޔެ، ސޮއިކުރުވައި، ޤަޟިއްޔާތަކާގުޅޭގޮތުން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް އަޅައި، ގަޟިއްޔާތަކުގެ ފައިލްތައް ބެލެހެއްޓުމާއި، މެޖިސްޓްރޭޓްގެ އިރުޝާދުގެ ދަށުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުމާއި، ގަޟިއްޔާތައް ނިމުމުން އެކިއެކި އިދާރާތަކަށް ފޮނުވަންޖެހޭ މަޢުލޫމާތުތައް ފޮނުވުމާއި، ގަޟިއްޔާގެ ފައިލް ސްކޭންކޮށް ރައްކާތެރިކުރުން. 11. ކުށުގެ ރިކޯޑުގެ ފޯމުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 12. ކޯޓަށް ހުށަހެޅޭ ކައިވެނިތަކާގުޅިގެން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ވަރި ކައިވެނީގެ ދަފްތަރު ބެލެހެއްޓުން. 13. ފުލުހުންގެ ފަރާތުން ކޯޓު އަމުރު ހޯދުމަށް އެދި ހުށަހެޅުމުން، މެޖިސްޓްރޭޓުންގެ ލަފާއާއި އެކު އަމުރު ނެރެދިނުމުގެ މަސައްކަތްތައް ކުރުން. 14.މީގެ އިތުރުން ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ޙާލަތު ނިޔާކުރާގޮތުން މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަޞްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރާ އިތުރު މަސައްކަތްތައް. |
|
|
ހުށަހަޅަންޖެހޭ ތަކެތި
|
1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް 2-ކުރިމަތިލާ ފަރާތުގެ ވަނަވަރު 3-ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 5-މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) |
|
|
ސުންގަޑި |
2018 ޖަނަވަރީ 17 ވާ ބުދަ ދުވަހުގެ 14:30 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނުވަތަ އދ.އޮމަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
|
|
އިތުރު މަޢުލޫމާތު |
އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ. |
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
|
|
|
މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
|